Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

މިނޫނީ ދައުލަތެއް ހިނގަން ދައުލަތުގެ ދުޝްމަނުންތިބިތަނެއް ތާރީހު ދެކެފައެއް ނެތް: ޑރ.މުނައްވަރު

މިނޫނީ ދައުލަތެއް ހިނގަން ދައުލަތުގެ ދުޝްމަނުންތިބިތަނެއް ތާރީހު ދެކެފައެއް ނެތް: ޑރ.މުނައްވަރު

މި ސަރުކާރު ނޫނީ ދައުލަތް ހިނގަން ދައުލަތުގެ ދުޝްމަނުންތިބި ތަނެއް ތާރީހުވެސް ދެކެފައި ނުވާކަމަށް ވިދާޅުވެ ޑރ. މުހައްމަދު މުނައްވަރު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރު ފިޔަވައި ހުރިހާ އިދިކޮޅު ފަރާތްތަކުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ

"މިނޫނީ ދައުލަތެއް ހިނގަން ދައުލަތުގެ ދުޝްމަނުން ތިބިތަން ދުނިޔޭގެ ތާރީހުވެސް ދެކެފައެއްނެތް މިއީ އެއްކަލަ އޮވެއެއްނޫންތޯ ޕަބްލިކް އެނެމީ ކިޔާ ފިލްމެއް. މިއީ އޭގެ ވާހަކަ ސްޓޭޓް އެނެމީއަކަސް ހުރީ ކާކު ރައީސް ޖުމްހޫއްރިއްޔާ، ބަންޑާރަނައިބު، ހާރިޖީ ވަޒީރު، ޑިފެންސް މިނިސްޓަރ" ޑރ. މުނައްވަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އިތުރަށް ވާހަކަ ދައްކަވަމުން ޑރ. މުނައްވަރު ވަނީ ގައުމުތަކުގައި އެމްބަސީ ބަހައްޓައިގެން ގުޅިގެން އެތަށް މިލިއަން ހަރަދުކޮށްގެން ޖެނެރަލް އެސެމްބުލީގެ ރައީސް ކަން ދިވެއްސަކަށް ހޯދަދީގެން މީތޯ ނަތީޖާއަކީ އައްސަވައި ސުވާލު އުފައްދައިފައެވެ. މީގެ އިތުރުން ޗާގޯސް މައްސަލައިގައި މާކުރިން ވެސް މޮރިޝަސް އިން ބޭނުންވި ގޮތަށް ދިވެހި ސަރުކާރުން އެއްބަސްވެފައި އޮތް އިރު ޓްރައިބިއުނަލަށް ދިޔައީ ކީއްވެތޯ އައްސަވައިވެސް އޭނާ ވަނީ ސުވާލު އުފައްދައިފައެވެ.

މައްސަަލަ ހުށައެޅި ބަލަންފެށި ފުރަތަމަ ދުވަހުން ފެށިގެން މިމީހުން ބުނަނީ ހަމައަށް ދެބައި ކުރަން ހިނގާށޭ ހަމައަށް ދެބައި ކުރަން ހިނގާށޭ. އަޅުގަނޑު ވާހަކައަކީ ކީއްކުރަންތޯއޭ ޓްރައިބިއުނަލަށް ދިޔައީ އެހެންވިއްޔާ އެތާނގެ ވަކީލަށް މިލިޔަނުން ރުފިޔާދީގެން ހައެއްކަފަހަރު އެމެރިކާއަށް ގޮސްގެން  އެއްފަހަރު ހޭންބާގަށް ގޮސްގެން އަނެއްފަހަރު އަނެއް ބާގަކަށް ގޮސްގެން ތިކުރީ ކީއްހެއްޔޭ ބަލަގަ ތިތަނަކަށް ނުދިޔަސް އެއްބަސް ވެވޭނެއްނޫންހޭ ދެބައިކުޅަ އެއްބައި ދޭން ކީއްކުރަންތޯއޭ ޓްރައިބިއުނަލަށް ދިޔައީ" ޑރ. މުނައްވަރު ވިދާޅުވިއެވެ.

ޑރ. މުނައްވަރު ވިދާޅުވީޗާގޯސް މިލިބުނީ އަސްލު ކޮންބަޔަކަށް ކަންވެސް މިހާރު އޮޅިފައިވާކަމަށެވެ. އަދި މޮރިޝަސް އާއި އިންޑިއާގެ ގާތް ގުޅުމުގެ ސަބަބުން އެސަރައްދުގެ އިން ބަލަހައްޓަން އިންޑިއާއާއި ހަވާލުކޮށްފާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް