ޚަބަރު

އާއިލާއަށް ފިލައިގެން އުޅުނު ކުއްޖަކު ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށް، އާއިލާއާ ހަވާލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކ. ކާށިދޫގައި އާއިލާ އަށް ފިލައިގެން އުޅުނު ކުއްޖަކު ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކޮށް، އާއިލާއާ ހަވާލުކޮށްފިއެވެ.

Ads by STELCO

ފުލުހުން ބުނީ ފުލުހުން ބުނީ ރޭ ދަންވަރު 02:30 ހާއިރު ކާށިދޫ ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ އިރު ބަނގުރާ ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި އާއިލާއަށް ފިލައިގެން އުޅުނު ކުއްޖާ ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރު ކުރީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި، 30 އަހަރުގެ ލަންކާ މީހަކާއި، 18 އަހަރުގެ ދިވެހި އަންހެނަކާއި 17 އަހަރުގެ ކުޑަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ. އެ 17 އަހަރުގެ ކުއްޖާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައެވެ.

އެ މައްސަލާގައި ބިދޭސީއެއް ވެސް ހިމެނޭ ކަމަށާއި އޭނާ ދިރިއުޅޭތަނުން ބަނގުރާ ކައްކަން ބޭނުންކުރާ އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!