Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރެއްގެ އެހީގައި: އަމީރު

ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުން ފިޔަވަޅު ނާޅައިފިނަމަ އިގްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށެވެ.

"މުހިންމު ދަނޑިވަޅުގައި މުހިންމު ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. އޭރުން މި ގުދު ކާވް ފަތި ކުރެވިދާނެ. ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އަމީރު ވިދާޅުވީ ސައިޑް އިފެކްޓްސް އަށް ފިޔަވަޅު އެޅުމަކީ އެންމެ ފުރަތަމަ ދޭންޖެހޭ ފަރުވާ ދިނުމަށް ފަހު ކުރާނެ ކަމެއް ކަމަށެވެ.

އޭގެ އިތުރުން އިގުތިސާދުގެ މުހިންމު ބަހާތައް ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި ފިޔަވަޅުތައް އެޅުމަށް ފަސް ޖެހުމަކީ އިގްތިސާދީ މުސްތަގުބަލަށް ދެވޭނެ ގެއްލުމެއް ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް