ޚަބަރު

ވެންޓިލޭޓަރ މައްސަލައިގައި ޕީޖީ ޝަމީމު ކޮމިޓީއަށް ހާޒިރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ހަވާލުކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފިއެވެ.

Ads by STELCO

މިއަދު 11:00 ޖެހިއިރު ހިންގައިދިޔަ މި ބައްދަލުވުމަށް ޝަމީމް ކޮމިޓީ އަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމާފައިވާތީ އެކަން އިތުރަށް ސާފު ކުރުމަށެވެ.

މިކަން އިތުރަށް ބެލުމަށް ޖުޑިޝަރީ ކޮމިޓީއާއި ހަވާލުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ވެންޓިލޭޓަރުގެ މައްސަލަ އޭސީސީއާއި ފުލުހުން ގުޅިގެން ތަހުގީގުކޮށް ދައުވާ ކުރުމަށް އެދި ފޮނުވުމުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހިޔާލު ތަފާތުވެފައިވެއެވެ. ޖުޑިޝަރީ ކޮމިޓީން ވަނީ މިމައްސަލަ ހާއްސަ މައްސަލައެއްގެ ގޮތުގައި ވީހާވެސް އަވަހަށް ބަލާ، މިހިނގާ އޮކްޓޯބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ކޮމިޓީ ރިޕޯޓް އެކުލަވާލުމަށް ނިންމާފަ އެވެ.

އެ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ޕީޖީ އަށް ފޮނުވިއިރު ޕީޖީން ނިންމެވީ އެ މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށެވެ.

އެގޮތުން މިއަދު ހިނގައިދިޔަ މި ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ ވަނީ ޕީޖީގެ ފަރާތުން ކޮމިޓީއާ ސިއްރު ލިޔެކިޔުންތަކެއް ހިއްސާ ކުރައްވާފައިވާ ކަމަށާއި އެހެން ކަމުން އެ މަޝްވަރާތައްވެސް ގެންދަން ޖެހޭނީ ސިއްރުންތޯ ކޮމިޓީން ގޮތެއް ނިންމަވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމިޓީގެ މެމްބަރުން އިއްތިފާގުވީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށެވެ.

އެމައްސަލަ އަލުން ރިވިއުކޮށްދިނުމަށް އޭސީސީއިން ވަނީ އަނެއްކާވެސް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!