ޚަބަރު

މާލެއިން އިތުރު 12 މީހަކު ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އިތުރު 12 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 12 މީހުންނާއެކު، ރާއްޖެއިން ފައްސިވި މީހުންގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސީންނެވެ. ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ހަ މީހަކު ފައްސިވި ވެފައިވާކަން އެޗްޕީއޭ އިން މިއަދު މެންދުރު ވެސް ވަނީ އިއުލާންކޮށްފައެވެ. މި ހަ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންގެ ދެ މީހުންނާއި ބަންގްލަދޭޝްގެ ދެ މީހުން އަދި ލަންކާ އިންނާއި އިންޑިޔާ މީހެކެވެ.

މިހާތަނަށް 5441 ސާމްޕަލް ހެދިފައިވާއިރު، 5071 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ގިނަ އަދަދަކަށް މީހުން ފައްސިވި ވަމުން އަންނައިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!