ޚަބަރު

ކުރިއަށް އޮތްތާނގައި ވެސް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާނެ: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން އަދިވެސް ކޮވިޑް-19 އިގެ އިތުރު ކޭސްތައް ފެންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މާލެއިން ކޮވިޑް ފެނުނު ފަހުން ގިނަ އަދަދެއްގެ ކޭސްތަކެއް ފެނިފައި ވާތީ ކުރިއަށް އޮތްތާނގައި ވެސް އިތުރު ކޭސްތަކެއް ފެންނާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް އެމީހެއްގެ ހަށިގަނޑަށް އެތެރެ ވާތާ 14 ދުވަސްތެރޭގައި ބަލީގެ އަލާމަތްތައް ފެންނާނެ ކަމަށާ ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެންނަ މީހުން ވެސް ތިބޭ ކަމަށެވެ. އެހެން ކަމުން އެފަދަ މީހުންގެ ސަބަބުން ބަލި ފެތުރެން ވަރަށް ބޮޑަށް މަގުފަހިވާތީ ހުރިހާ އެންމެން ވެސް ގޭގައި ވީހާ ވެސް އެކަހެރިކޮށް މި ދުވަސްވަރު އުޅުން ރަނގަޅު ވާނެ ކަމަށެވެ.

"އަދިވެސް އަންދާޒާ ކުރެވޭ އިތުރަށް ކޭސްތައް ފެންނާނެ ކަމަށް. އެއީ ހަގީގަތުގައި މިއިން ކޭހަކީ އެވްރެޖްކޮށް 14 ދުވަހުގެ އިންކިއުބޭޝަން ޕީރިއަޑެއް އިންނަ ބައްޔެއް ކަމަށްވާތީ، އޭގެ މާނައަކީ ހަށިގަނޑުގެ ތެރެއަށް ޖަރާސީމް ވަނުމަށް ފަހު އެބަ ނަގާ ދެދުވަހާއި 14 ދުވަހުގެ މުއްދަތެއް އަލާމަތް ފެންނަން،" އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ ކުރިއަށް އޮތްތާނގައި ވިސްނާލަން ޖެހޭ މިކަހަލަ ލޮކްޑައުންއެއް ނިމިގެން ދާއިރު އާންމު ހާލަތަކަށް ނުވަތަ ކުރީގެ ހާލަތަށް ދާން ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.

"ލޮކްޑައުން އިން ނެގީމަ، އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ މި ބައްޔާ އެކު ދިރިއުޅެން ދަސްކުރަން." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ވަނީ 128 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 68 ބިދޭސީންނެވެ. ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!