ކުޅިވަރު

ރެސިޕީ: މައިލޯ ކެޑްބަރީ ޗޮކޮލެޓް ބިސްކިޓް ޕުޑިންގް

ދެން އެމްވީ ، ދެން އޮންލައިން

އީ ވަރަށް މަދު ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭ ވަރަށް މީރު ފޮނި އެއްޗެކެވެ. އަހަރުމެން މި ތައްޔާރުކުރީ 6 އިންޗި 6 އިންޗީގެ ތަބަކެއްގައެވެ .މިއަށްވުރެ ބޮޑު އެއްޗެއް ބޭނުންކުރާނަމަ ރެސިޕީ ބަލައިގެން އެކަށީގެންވާވަރަށް ބޭނުން ކުރާތަކެތީގެ ޢަދަދު އިތުރުކޮށްލާށެވެ.

Ads by MWSC

މި ރެސިޕީއިން ތައްޔާރުކުރެވޭނީ : 4 މީހުންނަށް ކާލެވޭވަރަށެވެ.

ބޭނުންވާތަކެތި:

100 ގްރާމް ކެޑްބަރީ މިލްކް ޗޮކްލެޓް

5 މޭޒުމަތީ ސަމްސާ މައިލޯ

1 ޖޯޑު ދިޔާ ކިރު

1/2 ޖޯޑު ހޫނު ފެން

1 ޕެކެޓް މާރީ ބިސްކޯދު

ހަދާނެގޮތް:

1. ޗޮކްލެޓްކޮޅު ދިޔާކޮށްލާށެވެ. ފްރިޖުން ބޭރުގައި އިރުކޮޅަކު ބާއްވާލުމުން މިރެސިޕީއަށް ބޭނުންވާވަރަށް ޗޮކުލެޓު ދިޔާކޮށްލެވޭނެއެވެ.

2. މައިލޯ އާއި ފެން އެއްކުރާށެވެ. އަދި އޭގެ ތެރެއަށް ޗޮކްލެޓް ކޮޅު ވެސް އަޅާލާ ރަނގަޅަށް ގިރާލާށެވެ.

3. މާރީ ބިސްކޯދުތައް ކިރަށްލާ ފޯކޮށްލުމަށްފަހު ތަބަކެއްގައި އަތުރާލާށެވެ. ފަހަރެއްގައި ބައެއް ބިސްކޯދު ބިންދާލަން ޖެހިދާނެއެވެ. އެއީ މުޅި ތަބައް ފުރާލުމަށެވެ .

4. މައިލޯ އާއި ޗޮކްލެޓްގަނޑުގެ ބައެއް ސަމްސަލެއް ބޭނުންކޮށްގެން ބިސްކޯދުތަކުގެ މައްޗަށް އަޅާލާ ޗޮކްލެޓް ފަށަލައެއް ހަދާށެވެ. ބިސްކޯދުތަކުގައި ރަނގަޅަށް ޗޮކްލެޓްގަނޑު އުނގުޅާލައްޗެވެ. ނަމަވެސް ބިސްކޯދުތައް ކުޑަކޮށް ފެންނަން ހުއްޓަސް އަދި ރަނގަޅުވާނެއެވެ.

5. ކުރިންވެސް ހެދިގޮތަށް ހަދައިގެން ބިސްކޯދުތަކުގެ ދެވަނަ ފަށަލަ އަތުރާށެވެ. އަދި އޭގެ މައްޗަށް އަނެއްކާވެސް ޗޮކްލެޓްގަނޑުގެ ފަށަލައެއް އަޅާލާށެވެ. ބިސްކޯދާއި ޗޮކްލެޓް ހުސްވަންދެން މިހެން ހަދަމުން ގެންދާށެވެ. އަހަރުމެންގެ ޕުޑިންގްގައި އިނީ 2 ފަށަލައެވެ. ނަމަވެސް އަތުރާ ތަބަކުގެ ސައިޒާއި ގުޅިގެން ފަށަލަތައް އިތުރުވެސް ވެދާނެއެވެ. އެންމެ ގިނައިން ޗޮކްލެޓު އަޅާނީ އެންމެ ފަހު ފަށަލައަށެވެ.

6. ޕުޑިންގް ސެޓް ކުރުމަށްޓަކައި ފްރިޖްގައި 3 ގަޑިއިރުވަންދެން ބަހައްޓާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!