ލައިފްސްޓައިލް

ރޯދައިގެ ސަބަބުން ސިއްހަތަށް ލިބޭ ފައިދާ

ރޯދަ މަހަކީ ވަރަށް މާތް މަތިވެރި މައްސަރެކެވެ. ހަމައެހެންމެ ރޯދަ މަހަކީ ވަކިން ހާއްސަކޮށް ކޮންމެ މީހެއްގެ ދިރިއުޅުމަށް ވެސް ތަފާތު ބަދަލުތައް ގެނުވައިދޭ މައްސަރެއް ވެސް މެއެވެ. އޭގެ ތެރޭގައި ހަށިގަނޑަށް އަންނަ ބަދަލުތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި ހާއްސަކޮށް ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތައް ވެސް އެހާމެ ގިނައެވެ.

ރޯދައިން ސިއްހަތަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި :

 1. ހަކުރު ބަލިން ދުރުކޮށްދޭ:

  ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑުގައި އިންސުލިން އުފައްދައިދޭ މަދު ވެގެން ދެއެވެ. ހަމައެއާއެކު ރޯދއަށް ހުންނަން ފަށާތާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހަށިގަނޑުން 30 އިންސައްތަ ހަކުރު ދަށް ކޮށްދޭ ކަމަށް ދިރާސާ ތަކުން ދައްކައެވެ.

 2. ހިތުގެ ބަލިތަކުން ދުރުކޮށްދޭ:

  ދިރާސާތަކުން ދައްކާގޮތުގައި ރޯދައަށް ހުރުމަކީ ހިތުގެ ބަލިތަކަށް އޮތް ޝިފާއެކެވެ. އަދި ހިތުގެ ލޭ ހޮޅިތައް ދުޅަހެޔޮ ކަންމަތީގައި ބަހައްޓައިދޭ ކަމެއް ވެސް މެއެވެ.

 3. ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައި ދިނުމަށް އެހީތެރިވެދޭ:

  ރޯދައަށް ހުރުމަކީ ހަށިގަނޑުގައިވާ ހޯމޯންސް ތަކަށާއި އެކި އެކި ކެމިކަލް ރިއެކްޝަން ތަކަށް އަސަރު ކުރުވާ ކަމެކެވެ. އޭގެ ސަބަބުން ފެޓް ޓިޝޫތައް ވިރުވައިދީ ބަރުދަން ލުއިކޮށްދެއެވެ.

 4. ހިތްހަމަ ޖެހުން ގެނެސްދޭ:

  ތަފާތު ބަލިތަކުން ރައްކާތެރި ކޮށްދިނުމުގެ އިތުރަށް ރޯދައަށް ހުރުމަކީ ހިތްހަމަ ޖެހުން ގެނެސްދޭ ކަމެކެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ރޯދައަށް ހުރުމަކީ ބޭކާރު ވިސްނުން ތަކާއި ޚިޔާލުތަކުން ވެސް ދުރުކޮށްދީ ސިކުނޑި ތާޒާ ކަންމަތީގައި ބަހައްޓައިދޭ ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!