ދުނިޔެ

ޑިޓޯލް އިންޖެކްޓްކޮށްގެން ކޮވިޑް-19 އިން ސަލާމަތެއް ނުވޭ. އެއީ ކުރަން ހެޔޮވާވަރު ކަމެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސްގެ ވަށައިގެންވާ ތުނި މެންބްރޭން އަކީ އަލްޓްރާވައިލެޓްގެ އަލިން ވަރަށް ފަސޭހައިން ހަލާކު ވެގެންދާ އެއްޗެކެވެ. އަދި މި ވައިރަސް އަކީ އިރުގެ އަލީގައި މާގިނަ ވަގުތު ދިރި ހުންނަ އެއްޗެއް ނޫނެވެ.

Ads by Sosun Fihaara

މި ދެ ކަންތަކަކީ ވެސް ސައިންސްގެ އަލީގައި ޔަގީން ކުރެވިފައިވާ ދެ ކަމެވެ. ނަމަވެސް ކޮރޯނާވައިރަސް ޖެހޭމީހުން އަވީ ލާ އަދި އަލްޓްރާ ވައިލެޓް އަލި ޖައްސައިގެން މި ވައިރަސް އެއްކޮށް މަރާލެވިދާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކުމުން ސައިންވެރިންގެ ހޫނު ރައްދެއް ޓްރަމްޕަށް އަމާޒުވެއްޖެއެވެ.
ކޮރޯނާވައިރަސް ނައްތާލެވޭނެ ގޮތްތައް ހޯދުމަށް އެމެރިކާގެ ޑިޕާރޓްމަންޓް އޮފް ހޯމްލެންޑް ސެކިއުރިޓީގެ ސައިންޓިސްޓުން ކުރި ދިރާސާއިން ވެސް، ޔޫވީ ލައިޓް އަދި އިރުގެ އަލިން، ތަންތަނުގެ ނުވަތަ ހަމުގެވެސް މަތީ ފަށަލައިގައި ހުންނަ ކޮރޯނާވައިރަސް މަރާލެވިދާނެ ކަމަށް ދެއްކިއެވެ. ނަމަވެސް އިންސާނުންގެ ހަށިގަނޑުގެތެރޭގައިވާ ވައިރަސް މިގޮތަށް ނައްތާލެވިދާނޭ އެއްވެސް ހެއްކެއް މި ދިރާސާގައި ހޯދިފައެއް ނުވެއެވެ. މިދިރާސާގައި އިސްކޮށްހުރި ބިލް ބްރަޔަން އަކީ ސައިންސްގެ އެއްވެސް ޢިލްމެއް ނުވަތަ ތަޖުރިބާއެއް ހުރި މީހެއް ނޫނެވެ.

އެހެން ނަމަވެސް މި ދިރާސާގެ ހޯދުންތައް ހާމަ ކުރުމަށް، ރޭ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓްރަމްޕް ވަނީ އަދި މާ ނުރައްކާތެރި ފަރުވާއެއްގެ ލަފައެއް ދީފައެވެ. އެއީ އެއްޗެހި ދޮވެ ސާފުކުރަން ބޭނުން ކުރާ ޑިސްއިންފެކްޓަންޓް ( ޑިޓޯލް)، އިންޖެކްޝަން ގެ ޒަރީއާއިން ބަލި މީހުނަށް ދިނުމެވެ.

މިކަންކަމަށް ރައްދު ދީ ސައިންވެރިން ހާމަކުރި ގޮތުގައި، ޔޫ.ވީ ލައިޓްއަކީ ހަމުގެ ކެންސަރު ޖެހުމަށް މަގުފަހި ކުރުވާ އެއްޗެއް ކަމަށާ، އެއްވެސް މީހަކު މިގޮތަށް ޔޫ.ވީ ލައިޓަށް ނިކުތުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ. އަދި އަވިން ކޮރޯނާވައިރަސް މަރުވާކަމުގައިވިޔަސް، އިރުގެ އައްޔަކީ ހަމުގެ ތެރެއިން ހަށިގަނޑުގެ އެތެރެއަށް ވަދެގެންދާ އެއްޗެއް ނޫންކަމުން އަވީގައި ބަލީ މީހުން ބައިތިއްބައިގެން މިކަމަށް ހައްލެއް ނުލިބޭނެއެވެ. ބައެއް އެހެން ސައިންޓިސްޓުން ހާމަ ކުރި ގޮތުގައި، "ޖާދޫ ހަދައިގެން" ފުއްޕާމޭގެ ތެރެއަށް އެއްޗެހި ފޮނުވައިގެން މި ވައިރަސް މަރާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!