Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދުވާރުމަތީގައި ޕާކުކުރާ އުޅަނދުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ފަށަނީ

ދުވާރުމަތީގައި ޕާކުކުރާ އުޅަނދުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ފަށަނީ

ހިނގާ މީހުންނަށާއި ދަތުރުފަތުރަށް ހުރަސްއެޅޭގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި އުޅަނދުތައް ޕާކުކުރަމުންދާ މައްސަލަ ބޮޑުވެ، އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ.

ފުލުހުންގެ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާންމުކުރި ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގައާއި ބޮޑެތި މަގުތަކުގައި ޤަވާއިދާ ޚިލާފަށް ވެހިކަލް ބެހެއްޓުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތަކަށް މަގުފަހިވަމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

https://twitter.com/PoliceMv/status/2105990648574996964

Advertisement
Allied Insurance — Square (box)

މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ސަލާމަތް ކަށަވަރުކުރުމަކީ ފުލުހުންގެ އެންމެ އިސް އެއް ވާޖިބުކަމަށްވާއިރު، އާންމުންނަށް އުނދަގޫވާގޮތަށް ދުވާރުމަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ބަލައި ފާސްކޮށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ކުރިއަށް އޮތްތަނުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށް ފުލުހުން ވަނީ އަންގާފައެވެ.

ޓްރެފިކް ޤަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވާ މީހުންނަށް އެއްވެސް ދޫދިނުމެއް ނޯންނާނެކަން ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު ދާދި ފަހުން ވަނީ ހާމަކުރައްވާފައެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ޚާއްސަ ފިޔަވަޅުތަކެއް އެޅުމުގެ އެންމެ ބޮޑު މަޤުސަދަކީ، މަގުތަކަކީ އެންމެހާ ރައްޔިތުންނަށް އަމާން، އަދި ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް