ޚަބަރު

ށ. ނަރުދޫ އިން ދިވެއްސަކު ކޮވިޑް19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ށ. ނަރުދޫ އިން ދިވެއްސަކު ކޮވިޑް19 އަށް ފައްސިވެއްޖެކަމަށް އޮންލައިން ނޫހެއް ކަމަށްވާ ސީ އެން އެމް އިން ރިޕޯޓުކޮށްފިއެވެ. ފައްސިވި ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވަނީ ށ. އަތޮޅަށް ދަތުރުކުރާ "އަމާޒު" ބޯޓުގައި މަސައްކަތް ކުރާ ދިވެހި ފިރިހެނެކެވެ.

Ads by STELCO

މި ބޯޓު އެންމެ ފަހުން މާލެއިން ފުރާފައިވަނީ މާލެއިން ވައިރަސް ފެނި މާލެ ލޮކްޑައުން ކުރި ދުވަހުގައެވެ.

ނަަމަވެސް މި މީހާ ފައްސިވި ކަމެއް އަދި ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 129 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއި 69 ބިދޭސީންނެވެ.

ރާއްޖެތެރޭގެ ރަށަކުން މިހާތަނަށް ވައިރަހަށް ފައްސިވެފައިވަނީ އެންމެ މީހެކެވެ. އެއީ ހއ. އަދި ހދ. އަށް ދަތުރުކުރާ "ކާވިޔާ" ބޯޓުން އުލިގަމަށް ދަތުރު ކުރި ދިވެއްސެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!