މާލޭގެ ސްކޫލްތައް ބަދަލު ކުރުމާއި ދަރިވަރުން ސްކޫލަށް ވެއްދުމަށް ހާއްސަ ޕޯޓަލްއެއް

މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި މާލެ ސަރަހައްދުގައި އެއް ސްކޫލުން އަނެއް ސްކޫލްއަށް ދަރިވަރުން ބަދަލު ކުރުމަށް ހާއްސަ އޮންލައިން ޕޯޓަލްއެއް ތައްޔާރުކޮށް އިފްތިތާހް ކޮށްފިއެވެ.
މި ޕޯޓަލް އަކީ forms.moe.gov.mv އެވެ. އެ ޕޯޓަލް މެދުވެރިކޮށް މާލެ ސްކޫލަށް ވަންނަން ނުވަތަ މާލެ ސްކޫލަކުން މާލެ އެހެން ސްކޫލްއަކަށް ބަދަލުވާން ފޯމު ހުށަހެޅޭނެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވަނީ ރޭ ބޭއްވި ހަފްލާއެއްގައި މި ޕޯޓަލް އިފްތިތާހް ކޮށްފައެވެ.
އޮންލައިން ޕޯޓަލް ގާއިމް ކުރީ ދަރިވަރުން ސްކޫލަށް ވެއްދުމަށް ފޯމު ހުށަހެޅުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންނަށް ފަސޭހަ ކުރުމަށްކަމަށް އެޑިއުކޭޝަން މިިނިސްޓްރީން ބުންޏެވެ.
އަދި ބެލެނިވެރިން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ވެސް ހުށަހެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.