ޚަބަރު

މެމްބަރު ސަލީމާއި ހޯރަފުށީގެ ފަރާތުން އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި

ދެން އެމްވީ

އުލިގަމު ދާއިރާ ތަމްސީލް ކުރަށްވާ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ފަރާތުން އެއަތޮޅު އުލިގަމު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ މެމްބަރު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި އުލިގަމް ގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ.

އެހެންކަމުން އެ ކައުންސިލުން ވަނީ ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ހޯރަފުށީ އެސްޓީއޯ ފިހާރައިގެ އެހީތެރިކަންވެސް އެކައުންސިލުން ވަނީ ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.

ދާއިރާގައި ހިމެނޭ އުލިގަމާއި ތުރާކުނު ރައްޔިތުންނަށް އެހީތެރި ވުމުގައި ހޯރަފުށި އަބަދުވެސް ދެމި އޮއްނާ ކަމަށް ހޯރަފުށީ ކައުންސިލުން ބުނެއެވެ.

އުލިގަމުން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައި ވާއިރު، އުލިގަމު އޮތީ މޮނިޓަރިން ހާލަތުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!