ޚަބަރު

ރަށްރަށުގައި ހައްދާ ތަކެތި މާލެއަށް ގެންނައިރު އަންގަން ޖެހޭ

ދެން އެމްވީ ، ދެން އޮންލައިން

ރަށްރަށުގައި ހައްދާ ކާބޯތަކެތި ވިއްކުމަށް މާލެ ގެންނައިރު އެކަމާ ބެހޭ މުއާމަލާތްތައް މާލޭގައި ގާއިމްކޮށްފައިވާ އައިސީޕީތަކާއެކު ކުރިއަށްގެންދާނީ ރަށުކައުންސިލްތަކުން ކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by Sosun Fihaara

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އަތޮޅުތެރޭ އުފައްދާ މޭވާ އާއި ތަރުކާރީ ޑިސްޓްރިބިއުޓް ކުރުމަށް ގާއިމްކޮށްފައިވާ އައިސީޕީ ޑެސްކާ ކޯޑިނޭޓު ކުރާނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށެވެ.

ްއެގޮތުން އެގްރޯނެޓަށް ފޮނުވާ އުފެއްދުންތައް ފޮނުވުމަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅާއި ހަމައަށް ހުރި އަތޮޅުތަކުގެ ކައުންސިލްތަކުން ގުޅަންޖެހޭ ނަންބަރަކީ 3320833 އެވެ. ޅ އަތޮޅުން ފ އަތޮޅާއި ހަމައަށް ހުރި ރަށްރަށުން ގުޅާނެ ނަންބަރަކީ 3320834 އެވެ. ދ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ހުރި ރަށްރަށުން ގުޅާނެ ނަންބަރަކީ 3320835 އެވެ.

މަބްރޫކު ވިދާޅުވީ މި ނަންބަރުތަކާ ގުޅައިގެން މާލޭގައި ހުންނަ ފިހާރަތަކުން، މިތަކެއްޗަށް އޯޑަރުވެސް ކުރެވޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!