Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ބޭރުގައުމުތަކުގެ މީހުން ސައުދީ އަރަބިޔާގެ އާންމު ތަންތަނުގައި ކައިބޮއެ ހަދާނަމަ ހައްޔަރުކޮށް ޑިޕޯޓްކޮށްލާނެ

ސައުދީ އަރަބިޔާގައި ރޯދަމަހު ދުވާލުގެ ވަގުތު ތަކުގައި އާންމުތަންތަނުގައި ކެއިން ބުއިމުގެ އިތުރުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ އަބަދުވެސް މަނާ ކަމެކެވެ.

ނަމަވެސް މި އަހަރު މި ފިޔަވަޅަށް ވަނީ އިތުރު ބާރެއް ލާފައެވެ. އެގޮތުން އެ ގައުމުގެ އިންޓީރިއަރ މިނިސްޓްރީ އިން ހާމަކުރިގޮތުގައި މަސައްކަތްކުރުމަށް އެގައުމަށް އައިސް ތިބި އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން މިގޮތަށް އާންމު ތަންތަނުގައި ކައިބޮއި އަދި ދުންފަތުގެ އިސްތިޢުމާލު ކުރަނިކޮށް ފެނިއްޖެނަމަ އެމީހަކު ހައްޔަރުކޮށް އެމީހެއްގެ ގައުމަށް ފޮނުވާ ލެވޭނެވެއެވެ.

ސައުދީ އަރަބިއްޔާގެ އާބާދީގެ 30 އިންސައްތައަކީ އެހެން ގައުމުތަކުން އައިސް އެގައުމުގައި ވަޒީފާ އަދާ ކުރާ މީހުނެވެ. މީގެތެރެއިން ގިނަމީހުންނަކީ އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުންނެވެ.

Advertisement
Allied Insurance — Square (box)

މިގޮތަށް ދިރިއުޅޭ މީހުންނަށް ރޯދަހިފުން މަޖުބޫރެއް ނޫނެވެ. ނަމަވެސް މުސްލިމުންގެ މި ބަރަކާތްތެރި މައްސަރުގައި އެމީހުން އަދާ ކުރަމުންދާ އަޅުކަމަށް އިޙްތިރާމް ކުރުމުގެ ގޮތުން، އާންމު ތަންތަނުގައި ކައިބޮއި ހެދުން މަނާކުރެވުނީއެވެ. މިގޮތުން އާންމު ތަންތަން ކަމަށް ބެލެވެނީ، މަގުތަކާއި، ފިހާރަތަކުގެ އިތުރުން އެމީހެއްގެ މަސައްކަތުގެ މާހައުލުވެސް ހިމެނެއެވެ. ނަމަވެސް މަތިންދާބޯޓާއި، އެއަރޕޯޓް ގެ އިތުރުން ބަސް އަދި ޓްރެއިން ސްޓޭޝަންތައް މީގެ ތެރޭގައި ނުހިމެނޭނެއެވެ. މި ތަންތަނުގައި ކެއިން ބުއިން މަނާނުކުރަނީ ދަތުރުވެރިންނަށް ރޯދަ ދޫކޮށްލުމުގެ ލުއިކަން އިސްލާމްދީނުގައި ދީފައިވާތީއެވެ. ހަމަމިގޮތަށް ބަލިމީހުނަށްވެސް ލުއި ދީފައިވާތީ ހޮސްޕިޓަލްތަކުގައި ހުންނަ ކެންޓީންތައްވެސް ހުޅުވާފައި ހުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް