ޚަބަރު

13 ރަށަކަށް "އަމާޒް" ބޯޓު ދިޔަ، ކްލަސްޓާއަކަށް ވުން އެކަށީގެންވޭ: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ 13 ރަށަކަށް "އަމާޒް" ބޯޓު ދިޔަ ކަމަށާއި ކްލަސްޓާއަކަށް ވުން އެކަށީގެންވާ ކަމަށް ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ނަރުދޫއިން ކޮވިޑް-19 އަށް ފައްސިވެފައި އަމާޒު ބޯޓުގެ ކެޕްޓަން ކަމަށެވެ. އަދި އެކޭސް އާ ގުޅިގެން އިތުރު ކްލާޓާތަކެއް ފެނިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށާއި ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ ވަރަށް ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައިވެސް އަފްޒަލް ވަނީ ސިފަ ކުރައްވާފަ އެވެ. އަފްޒަލް ވިދާޅުވީ މި ކޭސްގެ ސަބަބުން އަތޮޅުތަކުގައިވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށެވެ. އެހެން ނަމަވެސް ޔަގީންކޮށް އެކަން ބުނަން އެނގޭނީ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެބޯޓުގައި 98 މީހުން ދަތުރުކުރި ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިހާތަނަށް އެބޯޓާ ގުޅިގެން 51 މީހެން ކޮންޓެކްޓު ޓްރޭސިންގެ މެދުވެރިކޮށް އެނގިފައިވާ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮންޓެކްޓު ޓްރޭސިން ކުރުމުގެ ތެރޭގައި ފަސް މީހަކުގެ ފަރާތުން އަލާމަތްތައް ފެނިފައިވާ ކަމަށާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!