ކޮންމެ ދުވަހަކުވެސް ހެނދުނު ހޭލައިގެން މޫނުގައި ގަނޑުފެން ހާކަންވީ މިހެންވެ!
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ހަމުގެ މައްސަލަތަކާ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ދިމާވާ މީހުންނެވެ. ނުވަތަ ދޭތެރެ ދޭތެރެއިން ހަމުގެ މައްސަލަތަކާ ކުރިމަތިވާ މީހުންނެވެ. އެހެންކަމުން، ހަންގަނޑަށް ގެއްލުންވާ ކަންތައްތަކުން ދުރުވެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް އަގުބޮޑެތި ލޯޝަން ތަކަކީ ކޮންމެ ކޮންމެ މީހަކަށް ގަނެވޭނެ އެއްޗިއްސެއް ނޫނެވެ. އެހެންކަމުން މި ކިޔައިދެނީ ހަންގަނޑު ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ގޭގައި ކުރެވިދާނެ ވަރަށް މޮޅު ކަމެކެވެ.
ދުވަހުގެ ބިޒީ ޝެޑިއުލްގައި އުޅެން ޖެހޭ ގޮތުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް އޮންނަނީ ހަންގަނޑަށް އަޅާލަންޖެހޭ މިންވަރަށް އަޅާ ނުލެވިފައެވެ. އެހެންވުމުގެ ސަބަބުން ވެސް ހަންގަނޑަށް ގެއްލުން ލިބޭ ފަހަރު އާދެއެވެ. އަދި ހަމަ އެހެންމެ ބައެއް މީހުން ކުރާ މޭކަޕްގެ ސަބަބުން ވެސް ހަންގަނޑަށް ނޭދެވޭ އަސަރުތައް ކުރެއެވެ، މިކަންކަމުން ސަލާމަތްވުމަށް ބައެއް މީހުން ގޭގައި ކޮންމެވެސް ކްރީމެއް ނުވަތަ ލޯޝަނެއްް ބޭނުން ކުރުމަށްފަހު ނިންމާލަނީއެވެ. އަނެއްބައި މީހުން ދަނީ ސެލޫން އަށެވެ. އެހެން ނަމަވެސް އެއީ އެތައް ފައިސާއެއް ހަރަދުވާ ކަމެެކެވެ. އެހެންކަމުން މި ފައިސާތައް ބޭކާރު ގޮތުގައި ހަރަދުކުރުމުގެ ބަދަލުގައި ގޭގައި ވެސް ކުރެވިދާނެ މިފަދަ ވަރަށް މޮޅެތި ކަންތައްތައް އެބަހުއްޓެވެ.
ގުދުރަތީ މާއްދާތަކުން ހަށިގަނޑަށް ކުރާ އަސަރުވެސް މާ ބޮޑުވާނެކަމަށް މޮޅެތި ޑޮކްޓަރުން ވެސް ވިދާޅުވެއެވެ. އެގޮތުން، ކޮންމެ ދުވަހަކުވެސް ހެނދުނު މޫނުގައި ގަނޑުފެން (އައިސް ކިއުބް) ހޭކުމަކީ ހަންގަނޑަށް ވަރަށް އެދެވޭ އަސަރުތައް ކުރާނެ ކަމެކެވެ. މިގޮތަށް ގަނޑުފެން ބޭނުން ކުރުމުން ހަންގަނޑަށް ލިއްބައިދޭ ބައެއް ފައިދާތަކަށް ބަލާލަމާ ހިނގާށެވެ
އެންމެ ފުރަތަމަ ކަމަކަށް މިކަމުގެ ސަބަބުން މޫނުގައި ލޭދައުރުވާ ގޮތް ރަނގަޅު ކޮށްދެއެވެ. އޭގެ ސަބަބުން ހަންގަނޑު ތާޒާކޮށް ޒުވާންކަން މަތީ ދަމަހައްޓައިދެއެވެ. އަދި ހަމަ އެހެންމެ މޫނުގައި ނަގާ އޮށާޅަތައް މަދުކޮށްދީ ހަންގަނޑު އޮމާންކަން މަތީ ދަމަހައްޓައިދެއެވެ. ހަމަ އެހެންމެ މިކަމުގެ ސަބަބުން ދުވަހުގެ ފެށުން ތާޒާކޮށްދީ، ލޯ ކައިރީގައި ކަޅުވެފައި ހުންނަ ތަންތަން ވެސް ރަނގަޅު ކޮށްދެއެވެ. މީގެ އިތުރުން މޫނުގައި ހުންނަ ރޫތައްވެސް މިކަން ކުރުމުން މަދުކޮށްދެއެވެ.
ގަނޑުފެން ތައްޔާަރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފެނަށް ގްރީން ޓީ އާއި ކިއުކަމްބާ ދިޔަ އާއި ރޯޒް ވޯޓާ އަދި ލުނބޯ ހުތް އަޅާ އެއް ކޮށްލާށެވެ. އަދި ރަނގަޅަށް ގިރާލާށެވެ. އަދި އެއަށްފަހު ގަނޑުފެން ޓްރޭއަށް އަޅާލުމަށް ގަނޑު ކުރާނީއެވެ. ދެން ގަނޑުވުމުން އެ ގަނޑުފެންތައް ކުޑަކުޑަ ތުވާލި ކޮޅަކަށް އަޅާށެވެ. އަދި ސީދާ ގަނޑުފެން މޫނުގައި ނުޖައްސާށެވެ. ސަބަބަކީ މާ ބޮޑަށް ފިނިވުމަކީ ހަންގަނޑު ހަލާކު ވެދާނެ ސަބަބަކަށް ވާތީއެވެ. އެ ތުވާލިކޮޅު މޫނުގައި ހާކާނީ ބޮނޑިތާން ކުރާ ގޮތަށެވެ.
މިކަން ކޮންމެ ދުވަހަކު ތަކުރާރު ކުރާށެވެ. އޭރުން ނިކަން އަވަހަށް ފައްސި ނަތީޖާއެއް ފެންނާނެއެވެ.