ނެޓްފްލިކްސްގެ އަގުތައް އަނެއްކާ ވެސް ބޮޑުކުރަނީ

ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ސްޓްރީމިން އެޕްލިކޭޝަން ކަމަށްވާ ނެޓްފްލިކްސް ގެ މެމްބަރޝިޕް ފީތަކުގެ އަގު ބޮޑު ކުރަން ނިންމައިފިއެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނެޓްފްލިކްސް ކުންފުނިން ވަނީ ނެޓްފްލިކްސް ޕްރިމިއަމް އަދި ނެޓްފްލިކްސް ސްޓޭންޑާޑް ބޭނުންކުރާ އެމެރިކާގެ ކަސްޓަމަރުންގެ ފީ ބޮޑުކުރަން ނިންމާފައެވެ.
އެގޮތުން ކުރިން ނެޓްފްލިކްސް ޕްރިމިއަމްގެ އަގު ހުރިވަރަށް ވުރެ 2 ޑޮލަރާއި 18 ޑޮލަރާ ދެމެދުގެ އަދަދުން ފީ ބޮޑުކޮށްފާނެ ކަމަށް އެެ ރިޕޯޓުގައި ވެއެވެ. އަދި ސްޓެންޑަޑް އަގުތައް ވެސް އުފުލޭނެ ކަން ވަނީ ފާހަގަކޮށްފައެވެ.
އަގުތަކަށް މި އައި ބަދަލުތައް މި ފެށޭ މަހުން ފެށިގެން ނެޓްފްލިކްސް އަށް އަލަށް ގުޅޭ އެމެރިކާގެ ޔޫސާޒް އަށް ލިބިގެން ދާނެއެވެ. އަދި ނެޓްފްލިކްސް މިހާރު ބޭނުން ކުރަމުން އަންނަ ފަރާތްތަކަށް ވެސް މި ބަދަލު އައިކަމުގެ ނޮޓިފިކޭޝަން އެއް ލިބިގެންދާނެއެވެ.
137 މިލިއަން މީހުނަށް ވުރެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ ނެޓްފްލިކްސް އަކީ މުނިފޫހި ފިލުވުމަށްޓަކައި ބޭނުން ކުރަމުން އަންނަ އެޕްތަކުގެ އެންމެ ކުރީގައި ގުނާ ލެވޭ އެޕެކެވެ.