ދުނިޔެ

ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ހަރަމްފުޅުގެ ދޮރުގައި ޖެހިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް ކައުބަތުﷲ ގެފުޅު ހުންނަ މަސްޖިދުލް ހަރަމްގެ ދޮރުކޮޅެއްގައި ޖައްސައިފިއެވެ.

Ads by Sosun Fihaara

މިހާދިސާ ހިނގީ ސައުދީ އަރަބިއްޔާގެ ގަޑިން ރޭ 22:25 ކަންހާއިރުއެވެ.

މިހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ވަނީ އާންމުވެފައެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި ވީޑިއޯއިން ފެންނަ ގޮތުގައި މި ކާރު މިސްކިތުގެ ދޮރުކޮޅެއްގައި ޖައްސާފައިވަނީ ގަސްތުގައި ކަމަށް ބެލެވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ފުލުހުން ވަނީ ކާރު ދުއްވަން އިން މީހާ ވަނީ ވަގުތުން ހައްޔަރު ކުރެވިފައެވެ.

މި މީހާއަކީ ސައުދީ އަރަބިއްޔާގެ ފިރިހެނެއް ކަމަށް ސައުދީ އަރަބިއްޔާގެ ސަރުކާރު އޮފިޝަލުންނާ ހަވާލާދީ  "އަލް އަރަބިއްޔާ" އިން ވަނީ ބުނެފައެވެ.

އެ ސަރަހައްދަކީ އެއްވެސް ބާވަތެއްގެ ވެހިކަލެއް ވަނުން މަނާ ސަރަހައްދެކެވެ.

މި ކާރު ހަރަމްގެ ދޮރުކޮޅެއްގައި ޖައްސައިފައި ވީ ނަމަވެސް މިއީ ގަސްދުގައި ހަރަމްފުޅަށް ހަމަލާއެއް ދިނުމުގެ ބޭނުމުގައި ކުރިކަމެއްކަން ނުވަތަ ނޫން ކަމެއް ވެސް އަދި ރަސްމީ އިދާރާތަކުން ސާފުކޮށެއް ނުދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!