ދުނިޔެ

މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގައި ތަރާވީޙް ކުރާނީ 10 ރަކުއަތް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަސްޖިދުލް ހަރަމް އާއި ނަބަވީގައި ތަރާވީޙްގައި ކުރާނީ 10 ރަކުއަތް ކަމުގައި ސަލްމާން ރަސްގެފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމަނިކުފާނު ވަނީ ކޮވިޑްގެ މި ޙާލަތުގައި ތަރާވީޙް ނަމާދު ކުރު ކުރުމަށް ނިންމަވާފައެވެ. ސައުދީ ރަސްގެފާނުގެ އޮފީހުގެ ފަރާތުން މަސްޖިދުލް ހަރަމް އާއި ނަބަވީއާ ހަވާލުވެގެން ހުންނަވާ ޝެއިޚް އަލް ސުދައިސް ހާމަ ކުރައްވާފައިވާ ގޮތުގައި 20 ރަކުއަތަށް ކުރަމުން އައި ތަރާވީސް ނަމާދު 10 ރަކުއަތަށް ކުރުމަށް ނިންމަވާފައި ވަނީ ކޮވިޑާ ގުޅިގެން ކަނޑައަޅައިފައިވާ ޤަވާއިދުތަކުގެ ސަބަބުން ސަލާމަތްތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަަށެވެ.

މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ މިސްކިތްތަކުން ހުރިހާ ޚިދުމަތްތަކެއް ވެސް ލިބެން ހުންނާނެ ކަމަށާއި ހުރިހާ ކަމެއްވެސް އިންތިޒާމް ކުރެވިފައި ވަނީ ހާލަތާ ގުޅޭނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު ތަކާއި އެއްގޮތަށް ކަމުގައެވެ. 

ރޯދަމަހުގައި އުމްރާގެ އަޅުކަން އަދާ ކުރުމަށް ވެސް މައްކާގައި ފުރުސަތު ހުޅުވައިފައިވާއިރު އަޅުކަން ފެށުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގައެވެ. ނަމަވެސް މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ހުއްދަ ދީފައެއް ނުވެއެވެ. 

ނިމިދިޔަ 2020 ވަނަ އަހަރުގައި ކޮވިޑް-19ގެ ސަބަބުން އުމްރާ އާއި ނަމާދު ތަކުގެ އިތުރުން މިސްކިތުގައި ރޯދަ ވީއްލުމުގެ ހުއްދަ ވެސް ދީފައި ނުވި ނަމަވެސް މަސައްކަތު މީހުންގެ އިތުރުން މިސްކިތްތަކާއި ހަވާލުވެފައިވާ ފަރާތްތަކުން ވަނީ އަޅުކަން އަދާ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!