ކުޅިވަރު

ރެސިޕީ: ޗިކަން ޗިމީޗަންގާ

ދެން އެމްވީ ، ދެން އޮންލައިން

މިއީ ރޮށި ނުވަތަ ފަރާޓާ ބޭނުން ކޮށްގެން ތައްޔާރުކޮށްލެވޭނެ ވަރަށް މީރު އެއްޗެކެވެ.

Ads by STELCO

ބޭނުންވާނެ ތަކެތި:

  • 2 މޭޒުމަތީ ސަމުސާ ބަޓަރު
  • 4 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ފިޔާ ކުދިކޮށް ކޮށާލާފަ
  • 3 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ
  • 2/1 1 މުގުރި މިރުސް
  • 2/1 މުގުރި ދިރި
  • 1 ޓޮމާޓޯ ކުދިކޮށް ކޮށާލާފަ
  • 2 މޭޒުމަތީ ސަމުސާ ތާޒާ ކޮރިއަންޑަރ ކުދިކޮށް ކޮށާލާފަ
  • 2/1 2 ޖޯޑު ކުކުޅު(ކަށި ނެތް ކުކުޅު ފައިގެ މަސް) ކުދިކޮށް ކޮށާލާފަ
  • 1 ޖޯޑު ގާނާފަ ހުރި ޗީޒް
  • 4 ރޮށި ނުވަތަ ފަރާޓާ ނުވަތަ ޓޯޓިލާ
  • ރަހަލާ ވަރަށް ލޮނު އަދި އަސޭމިރުސް

ހަދާނެ ގޮތް:

ބަޓަރު އަދި ތެޔޮފޮދު ހޫނުކޮށްލުމަށްފަހު ކުކުޅުކޮޅު އަޅާ ދެބައި ކުޅަ އެއްބަޔަށް ރޯފިލުވާލުމަށް ފަހު ފިޔާ، ލޮނުމެދު، މުގުރި ދިރި އަދި މުގުރި މިރުސް އަޅާލާށެވެ. ފަސްވަރަކަށް މިނެޓް ކައްކާލުމަށް ފަހު ތާޒާ ކޮރިއަންޑަރ އަދި ޓޮމާޓޯކޮޅު އަޅާލާށެވެ. އެއަށް ފަހު ލޮނު އަދި އަސޭމިރުސް އަޅާ ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އިތުރު 2 މިނެޓްވަރު ވަންދެން ކައްކާލާށެވެ. އެއްއަށްފަހު ޗީޒް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ތައްޔާރުކޮށްލެއްވި މަސްގަނޑު ރޮށި ނުވަތަ ފަރާޓާ ގެ ތެރެއަށް އަޅާ ރޯލް ކޮށްލުމަށްފަހު ތެލުލާށެވެ. ރޯލް ކުރާނީ ކީމިޔާ ރޯލް ކުރާ ގޮތަށް އެތެރެއަށް ތެޔޮ ނުވަންނަ ހެނެވެ. ބޭނުން ނަމަ ތެލުލުމުގެ ބަދަލުގައި އަވަނުން ފިހެލައިގެން ވެސް ބޭނުން ކުރެވިދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!