ލައިފްސްޓައިލް

އަންހެން ކުއްޖަކު ދެ މިނެޓު ތެރޭ މި ފައިބަނީ އޭ ބުންޏަސް ގަބޫލު ނުކުރާތި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދާދި އިހަކަށް ދުވަހަކު މެންދުރު 12 ޖަހާކަށް ހާއިރު މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް އެތާންގައި މަޑުކޮށްލައިގެން އިން އަހަރެންގެ ރަހުމަތްތެރިއަކާ ދިމާވެއްޖެއެވެ. މިތާ ކީއްކުރަނީ ތޯ އަހާލުމުން އޭނާ ބުނީ އޭނާގެ ލޯބިވެރިޔާ ފައިބަންދެން މަޑުކޮށްލައިގެން އިނީ ކަމަށެވެ. އަހަރެން ވެސް އިރުކޮޅަކު އޭނާއާ ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު އެތަނުން ގޮސްފީމެވެ. އަަހަރެން ދިޔައީ ރައްޓެއްސަކާ އެކު މެންދުރުގެ ކެއުމަށެވެ.

Ads by Sosun Fihaara

އަހަރެން މެންދުރުގެ ކެއުމަށް ދިޔައީ މާފަންނު ފުޑް ކޯޓަށެވެ. ސައިކަލު ގަރާޖަށް މަރާމާތަކަށް ލާފައިވުމާއެކު އަހަރެން އެ ދުވަހު އުޅުނީ ހިނގާފައެވެ. މެންދުރުގެ ކެއުމަށް އަހަރެން ފުޑްކޯޓަށް ދިޔައިރު ގަޑިން ގާތްގަނޑަކަށް 12:15 ވެއްޖެއެވެ. އަހަރެންނަކީ ނުލާހިކު ބާރަށް ހިނގާ މީހެކެވެ. އެތަނަށް ގޮސް އަހަރެން ލަސްކުރާކަށް ނުހުންނަމެވެ. ސަބަބަކީ އަހަރެން ނުކުމެގެން މިއުޅެނީ އޮފީހުގެ ޑިއުޓީ ގަޑީގައި ކަމަށް ވާތީއެވެ. މެންދުރު ކެއުމަށް ލިބޭ ގަޑިއިރުގެ ތެރެއިން ބައިގަޑިއިރު މިހާރު ވެސް އަރައިގެން ގޮސްފި ވިއްޔާއެވެ،

އަހަންނާއި އަހަރެންގެ ރަހުމަތްތެރިޔާ ކައި ނިމިގެން އެތަނުން ނުކުތް އިރު ގަޑިން ގާތްގަނޑަކަށް 12:45 ވަނީއެވެ. އަހަރެން އޮފީހަށް ދާން ނައްޓާލީ އަހަރެންގެ ރަހުމަތްތެރިޔާއާ އެކު ސައިކަލުގައެވެ. ސައިކަލުގައި އަހަރެމެން ދިޔައީ މަޖީދީ މަގުންނެވެ. މަޖީދީ މަގުން ގޮސް ހުދުމާއާ އަރާ ހަމަވި އިރު އަހަރެން  ފުޑްކޯޓަށް ދިޔައިރު ބައްދަލުވި އެއްކަލަ ރަހުމަތްތެރިޔާގެ ސައިކަލު ފަހަަތަށް އޭނާގެ ލޯބިވެރިޔާ އަރާތީ އަހަރެންނަށް ފެނުނެވެ. އަހަރެމެން އެތަނަށް މަޑުކޮށްލުމަށްފަހު ހާދަ އަވަހަކަށް ކައި ނިންމާލައިގެން ތިޔަ އައީ ކީއްވެހޭ އަހާލީމެވެ.

އަހަރެންގެ އެކުވެރިޔާ ދިނީ ހައިރާން ކުރުވަނި ޖަވާބެކެވެ. އޭޏާގެ ލޯބިވެރިޔާ އަދި އެ ފޭބީ ކަމަށެވެ. ގަޑި ކިިޔާފައި އޮތީ 12:15 އަށެވެ. އަހަރެންގެ އެކުވެރިޔާ 12 ޖެހީންސުރެ އެއިނީ އޭނާގެ އިންތިޒާރުގައި އެތާނގައެވެ. އެހާ ހޫނު ގަޑިއެއްގައި 12:15ގައި ފޭބީއެއް ވެސް ނޫނެވެ. މިހާރު ގަޑިން އެއޮތް އެކެއް ޖަހަނީ ވިއްޔާއެވެ.

އަހަރެންގެ ރަހުމަތްތެރިޔާ އަހަރެންގެ ގާތުގައި ބުންޏެވެ. އެކުވެރިޔާއެވެ. އަންހެން ކުއްޖަކު ދެމިނެޓު ތެރޭ މިފައިބަނީ އޭ ބުންޏަސް ގަބޫލު ނުކުރާތި އިނގޭއެވެ. އަހަރެން މިލްނާ (އަސްލު ނަމެއް ނޫން) އަށް ކޮންމެ ފަހަރަކު ގުޅާލާއިރަށް ދެމިނެޓު ތެރޭގައި އެބަ ފައިބަމޭ ބުނޭ ވިއްޔާއެވެ. އެކަމަކު ފޭބުނީ ބުނި ގަޑީގެ ވެސް ބައިގަޑިއިރު ފަހުންނެވެ. އަހަރެންނާއި އަހަރެންނާ އެކުގައި އިން ރަހުމަތްތެރިޔާއަށް ފެށުނީ ހޭނށެވެ. އަދި އަންހެން ކުދިންނަކީ ތަތް ބަޔެކޭ ކިޔާ މިލްނާއާ ސަމާސާ ކޮށްލުމަށްފަހު އަހަރެމެން ގޮސްފީމެވެ.

އަހަރެންގެ ހިތަށް އެރިއެވެ. ހުރިހާ އަންހެން ކުދިން ހަމަ މިހާ ލަސް ބާވައެވެ. ދެ މިނެޓު ތެރޭ މި ފައިބަނީ އޭ ބުނެ ކޮންމެ އަންހެން ކުއްޖަކު ވެސް ބައިގަޑިއިރު ނަގާނެ ބާވައެވެ. އަހަރެންގެ ޒަމީރު އަހަންނަށް ވިސްނައިދިނީ މަދުން ނަމަވެސް ވަރަށް އަވަހަށް ތައްޔާރު ވެގެން ފައިބާ އަންހެން ކުދިން އުޅޭ ކަމެވެ. އަދި ބުނާ ގަޑިއަކަށް ކަމޭ ހިތައިގެން ފައިބާ ކުދިން ވެސް އުޅޭ ކަމެެވެ. އެހެން ކަމުން އަދި ހުރިހާ އަންހެން ކުދިން ގޯސް ކުރެވޭކަށް ވެސް ނެތެވެ.

އެހެނަސް އަހަރެންގެ އެކުވެރިޔާ އަހަަރެންގެ ގާތުގައި ބުނި ވާހަކަ އަހަރެން އަބަދުވެސް ހަނދާން ހުންނާނެއެވެ. "އަންހެން ކުއްޖަކު ދެމިނެޓު ތެރޭ މި ފައިބަނީ އޭ ބުންޏަސް ގަބޫލު ނުކުރައްޗެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!