ޚަބަރު

4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނުކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ ވަނަވަރު އާންމު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

4 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.

Ads by STELCO

މި ފޭރުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 4 މީހެއްގެ ނަމާއި ރަށް އަދި އެޑްރެސް ފުލުހުން ވަނީ އާންމު ކޮށްފައެވެ.

މިފޭރުމުގެ ހާދިސާ ފެންނަ ސީސީޓީވީ ފުޓޭޖެއް އާއްމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ވޭނެއްގައި އައި ބަޔަކު ބީއޯސީ ކައިރިއަށް މަޑުކޮށްލުމުން، ހެލްމެޓެއް އަަޅައިގެން ސައިކަލުގައި އައި ބަޔަކު، ވޭނު ތެރެއިން ފައިސާ ފޮށިގަނޑު ނަގާ، ފޭރެން އުޅުނު މަންޒަރެވެ.

ރޫޓުގެ މުވައްޒަފުން ގަޔަށް ފޭރެން އައި މީހުން ސްޕްރޭ ޖަހާ ތަން ވެސް ފެނެއެވެ. ކުރިން އެއީ ޕެޕަރ ސްޕްރޭ ކަމަށް ބުނަމުން ދިޔަ ނަމަވެސް، އެއީ ބޮޑީ ސްޕްރޭކަން ފަހުން ވަނީ އެނގިފައެވެ.

ފޭރެން ދިޔަ މީހުންނަށް އެކަން ކާމިޔާބު ނުވީ، ބީއޯސީގެ ސެކިއުރިޓީން އެވަގުތު އެމީހުން ހުއްޓުވުމުންނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އަހުމަދު އަމީރު (ވ.ޕިންކްވިލާ/ 20 އ.) ، މުހައްމަދު މުސްއަބް ޒުބެއިރް ( ގއ. ވިލިނގިލި ކަނީރުމާގެ/ 23 އ.) އާއި ހުސެއިން އަބްދުލް މަޖީދު ( ދަފްތަރު ނަމްބަރު 3678/ 22 އ.) ގެ އިތުރުން އަބްދުﷲ ރާޝިދު ( ލ.ގަން، ތުނޑީ، ކީމިޔާގޭ/ 27 އ.) އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!