ޚަބަރު

ކުޅުދުއްފުށި ސިޓީ ވެސް މޮނީޓަރިން ހާލަތަށް ގެނެސްފި

ދެން އެމްވީ ، ދެން އޮންލައިން

ކުޅުދުއްފުށި ސިޓީ ވެސް މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ.

Ads by MPL

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ބުނީ ށ. ނަރުދޫ، އަމާޒު ބޯޓުން ދަތުރުކުރި ދެ މީހަކު ކުޅުދުއްފުށީގައި ހުރުމާއެކު ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެ ރަށާއެކު ޖުމްލަ 25 ރަށެއްް މޮނީޓަރިންގެ ހާލަތުގައިވާކަމަށް އެލިސްޓުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އުތުރުގެ ރަށްތަކަކީ ނ. ވެލިދޫ، ހއ. ދިއްދޫ، ހއ. އުތީމު، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މިލަދޫ، ނ. މާފަރު، ށ. މާއުނގޫދޫ، ށ. ފީވައް، ށ. މިލަންދޫ، ށ. ފުނަދޫ، ނ. ހޮޅުދޫ އަދި ށ. ނަރުދޫއެވެ.

ކުޅުދުއްފުށި ސިޓީ ހިމެނޭހެން މި ހުރިހާ ރަށެއްވެސް މޮނީޓަރިން ހާލަތަށް ނެސްފައިމިވަނީ ށ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން، ކޯވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އެ ބޯޓުން 90 އަށްވުރެ ގިނަ ޕަސިންޖަރުން ހއ. ހދ. ށ އަދި ނ އަތޮޅުގެ ރަށް ރަށަށް ދަތުރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެމީހަކުވެސް ހިމެނި އެމީހުން މިހާރުވަނީ އަމިއްލައަށް ގޭގައި އެކަހެރިވެފައެވެ.

ކުޅުދުއްފުށި ސިޓީ މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު އެ ސިޓީގެ ކައުންސިލުން ވަނީ އެ ރަށުގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށް ކާފިއު އިއުލާނުކޮށްފައެވެ. އެ ކާފިއު އާ ހިލާފުވާ ފަރާތްތައް 500 އާއި 5000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް އެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!