ދުނިޔެ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެމެރިކާއިން މަރުވާނެ ކަމަށް ލަފާކުރީ 60،000 މީހުން

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ކޮރޯނާވައިރަސް ފެތުރެން ފެށިއިރުން ފެށިގެން އެހެން ގައުމުތަކުންވެސް ވަނީ، އެ ގައުމަކުން ކޮރޯނާ ވައިރަސް ފެނިއްޖެނަމަ، ނުވަތަ ފެތުރެން ފަށައިފިނަމަ، ބަލި ޖެހޭނެ އަދި ބަލީގައި މަރުވެދާނެ ކަމަށް ލަފާކޮށް އަންދާޒާތަކެއް ކޮށްފައެވެ. އެގޮތުން އެމެރިކާ އިން އަންދާޒާކުރީ، އެމެރިކާގައި މިކަމަށް ތައްޔާރު ވުމަށް އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބައިގެން ރައްޔިތުން ކުރިއަށް ދާނަމަ، އޮގަސްޓް 4 އާއި ހަމައަށް މިބަލީގައި 60،415 މީހުން މަރުވާނެ ކަމަށެވެ.

Ads by Sosun Fihaara

އެމެރިކާގެ އަންދާޒާ މިހާ ދަށްކޮށް ކަނޑައަޅާފައިވާއިރު މިހާތަނަށް އެގަައުމުން 55 ހާހަށްވުރެ ގިނަ މީހުން މިވަނީ މަރުވެފައެވެ. މިހާރު މީހުންމަރުވަމުންދާ ރޭޓަކީ ދުވާލަކަށް އެވްރެޖްކޮށް 2،000 މީހުންނެވެ. މިރޭޓުން ދާނަމަ ފެށޭ ހަފްތާގެ ތެރޭގައި އޮގަސްޓް 4 އާއި ހަމަޔަށް އަންދާޒާކުރި އަދަދަށް އަރާނެކަމަށް މީޑިއާ ތަކުން ބުނެއެވެ.

އެމެރިކާގެ ޙާލަތު މިއޮތީ އަތުން ކައްސާލާފައިވީ ނަމަވެސް މިދިޔަ ހޯމަ ދުވަހު ވެސް މީޑިޔާއާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ، އެމެރިކާއިން ވަނީ އެންމެ ރަނގަޅު ފިޔަވަޅުތައް އަޅާފައި ކަމަށާއި، އެހެން ނޫންނަމަ މިހާތަނަށް މިލިއަނެއް ނޫންނަމަ ދެ މިލިއަން މީހުން މަރުވެދާނެ ކަމަށެވެ. ޓްރަމްޕް މިހެން ބުނި ކަމުގައި ވިޔަސް އެމެރިކާގައި ބަލިޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަދިވެސް ދުވަހެއް ދުވަހަކަށް ދަނީ މައްޗަށެވެ. މި ގްރާފް ތިރިވާ ތަން އަދިވެސް ފެންނަމުން ނުދާތީ އެމެރިކާގައި މި ބަލި އަދިވެސް "ޕީކް"އަށް ނުދާ ކަމަށް ޞިއްހީ މާހިރުންނާއި ހަވާލާދީ ބޭރުގެ މީޑިއާތައް ރިޕޯޓްކޮށްފައި ވެއެވެ.

ކުރިއަށް އޮތީ އެމެރިކާއަށް ހޫނު މޫސުން ކަމަށް ވާތީ ބަލި ޖެހޭމީހުންގެ އަދަދު މަދުވެދާނެކަމަށް ލަފާކުރެވުނު ނަމަވެސް މާބޮޑުތަން ދަށްވެދާނެ ކަމަކަށް ނުބެލެވޭ ކަމަށާއި ދެން އަންނަނީ އަނެއްކާވެސް ފިނިމޫސުން ކަމުން، ދެވަނަ ފަހަރަށް މިބަލި ފެތުރެން ފަށާއިރު މިހާރު ބަލިޖެހުނު މީހުންގެ އަދަދު އިތުރުވެ، ސިއްޙީ ފަރުވާދޭ ތަންތަނަށް ނުކަތާ ވަރަށް މީހުން އެޑްމިޓް ކުރަން ޖެހިދާނެކަމަށް އެރިޕޯޓްތަކުގައި ވެއެވެ.


Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!