Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނައީމާގެ މަރު: އެކަކު ޝަރީއަތް ނިމެންދެން ބަންދަށް

ނައީމާގެ މަރު: އެކަކު ޝަރީއަތް ނިމެންދެން ބަންދަށް
ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނީ 21 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ. އަދި މާލެއިން ހައްޔަރުކުރި 21 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ދީފައިވާކަމަށް ފުލުހުން ބުންޏެވެ.
23 އަހަރުން މީހާ މަނަދޫއިން ހައްޔަރުކުރިއިރު އޭނާ އަތުން މަސްތުވާތަކެތި ފެނިފައިވާތީ އޭނާއަށް 14 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން ބުނީ ޖޫން 8 ވަނަ ދުވަހުން ފެށިގެން އޭނާ ބަންދުގައި ހުރީ ނައީމާގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް 5 ދުވަސް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ނައީމާގެ ޚަބަރެެއް ނުވެގެން، އޭނާގެ ޢާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ އޭޕްރީލް މަހުގެ ތެރޭގައެވެ. ފުލުހުން ވިދާޅުވީ، އޭނާގެ ހަށިގަނޑު ފެނުނީ، ދިރިއުޅޭ ކޮޓަރީގެ ތަޅުންގަނޑު މަތީގައި އޮއްވައެވެ. ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަޅި ހަރާފައި ހުއްޓެވެ. އެކަނި ދިރިއުޅޭ ނައީމާގެ ފިރިއަކު ނެތްއިރު، ތިން ދަރިންވެސް ދިރިއުޅެނީ އޭނާއާ ވަކިންނެވެ. ނައީމާ އަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށު ބައެއް މީހުން ތުހުމަތު ކުރެއެވެ. ނަމަވެސް މިއީ ސާބިތުހިފޭ ވާހަކައެއް ނޫނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް