ދުނިޔެ

ކޮވިޑް-19 ޖެހި ފަރުވާ ނުލިބި ސްވިޑްންގައި އޮތް ތުރުކީ މީހަކު ގައުމަށް ގެންދިޔުމަށް ޚާއްސަ އެއަރ އެމްބިއުލެންސް އެއް ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

ސްވިޑްން ގައި ދިރިއުޅޭ، ތުރުކީގެ ރައްޔިތަކަށް ކޮވިޑް-19 ޖެހި، އެއްވެސް ފަރުވާ އެއް ނުލިބި ގޭގައި އޮވެ ހާލު ބޮޑުވުމުން، އޭނާ ގައުމަށް ގެންދިޔުމަށް ޚާއްސަ އެއަރ އެމްބިއުލެންސް އެއް ފޮނުވައިފިއެވެ.

Ads by Sosun Fihaara

47 އަހަރުގެ އެމްރުﷲ ގުލުސްކަން ގެ ޙާލަތު ގޯސްވެ ސްވިޑްންގެ ހޮސްޕިޓަލްތަކުން ފަރުވާ އެއް ނުލިބުމުން އެމްރުﷲ ގެ ދަރިފުޅު ލޭލާ އެހީއަށް އެދި ސޯޝަލް މީޑިޔާގައި އާންމުކުރި ޕޯސްޓު ފެނުމާއި އެކު، ތުރުކީ ގެ ހެލްތު މިނިސްޓަރ ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ.

"ތި އަޑު އިވިއްޖެކަމަށާއި، އާދިއްތަ ދުވަހުގެ ހެދުނު ޚާއްސަ އެއަރ އެމްބިއުލެންސް އެއް ސްވިޑްން އަށް ގޮސް އެމްރުﷲ ތުރުކީއަށް ގެންނާނެކަމަށާއި އަދި ތުރުކީގެ ހޮސްޕިޓަލްތަކާއި ޑޮކްޓަރުން އެމްރުﷲ އަށް ފަރުވާ ދިނުމަށް ތައްޔާރަށް ތިބި ކަމަށް" ހެލްތު މިނިސްޓަރ ދިން ޖަވާބާއެކު އިއްޔެ ހެނދުނު ޚާއްޞަ އެއާ އެމްބިޔުލެންސެއް ސަރުކާރުން ވަނީ ސުވިޑްންއަށް ފޮނުވާފައެވެ.

މި އާއިލާ ތުރުކީ އަށް ދިއުމުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓްތައް ހެދުމަށްފަހު ބަލިމީހާ އާއި 3 ކުދިން ވެސް ގެންދިޔައީ އަންކާރާ ހޮސްޕިޓަލަށެވެ.

އެމްރުﷲ ގެ ހާލަތާއި ގުޅޭގޮތުން ދަރިފުޅު ސާމިރާ ބުނީ، ބައްޕަގެ ފަރާތުން އެންމެ ފުރަތަމަ ފެނުނު ޢަލާމާތަކީ، ހުން އައިސް ނޭވާ ކުރުވުމެވެ. ދެން ހޮސްޕިޓަލަށް ގުޅާ ބައްޕަގެ ޙާލަތު ކިޔައި ދިނުމުންވެސް، ހޮސްޕިޓަލުން އިތުރަށް ނުގުޅާ ކަމަށާއި، ނަމަވެސް ތުރުކީ އެމްބަސީގެ ފަރާތުން ގުޅާ އެ އާއިލާގެ އެންމެ ހަގުދަރިފުޅާ ވާހަކަ ދައްކާ މައުލޫމާތު އޮޅުން ފިލުވިއެވެ. ފަހުން ޑޮކްޓަރަކު އައިސް ބައްޕަގެ ޙާލަތު ޗެކް ކުރުމަށް ފަހު ގެންގޮސް ހޮސްޕިޓަލްގައި އެޑްމިޑް ކުރެވުނެވެ.

ހޮސްޕިޓަލްގައި ބާއްވައިގެން ހެދި ޓެސްޓްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ޔަގީން ވި ނަމަވެސް ހޮސްޕިޓަލުން އިތުރުފަރުވާ އެއް ދިނުމެއް ނެތި އެމްރުﷲ ގެއަށް ބަދަލުކުރިއެވެ. އަދި ގޭގައި އޮވެ އިތުރަށް ހާލު ގޯސްވާތީ ސޯޝަލް މީޑިޔާ މެދުވެރިކޮށް އޭނާގެ އަންހެން ދަރިފުޅު އެހީއަށް އެދުނީއެވެ.

މިކަމާއި ގުޅިގެން މި އާއިލާގެ ފަރާތުން ވަނީ ތުރުކީގެ ރައީސް އުރްދުޣާން އަށާއި ހެލްތު މިނިސްޓަރަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފައެވެ.

ތުރުކީ ގެ ހެލްތު މިނިސްޓަރ ފާހަގަ ކުރެއްވީ، މިއީ އަންހެން ދަރިއަކު ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށާ، މިކަމުން އެންމެން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!