ކުޅިވަރު

ރެސިޕީ: ވައިޓް ސޯސް ޕާސްތާ

ވައިޓް ސޯސް ޕާސްތާ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ވަރަށް މީރު އަދި އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ ކެއުމެކެވެ.

ބޭނުންވާ ތަކެތި:

 • 1 ޕެކެޓު ޕާސްތާ
 • 1 މޭޒުމަތީ ސަމުސާ ފުށް
 • 1 ޖޯޑު ކިރު
 • 5 މޭޒުމަތީ ސަމުސާ ޗީޒް (ގާނާފައި)
 • 1 މޭޒުމަތީ ސަމުސާ ގާލިކް ޕޭސްޓް
 • 1 މޭޒުމަތީ ސަމުސާ އަސޭމިރުން
 • 250ގ ކުކުޅު
 • 3 ބިސް
 • 1 މޭޒުމަތީ ސަމުސާ ޕާސްލޭ ފަތް
 • 1 މޭޒުމަތީ ސަމުސާ ތައިމް
 • 1 ފިޔާ (ކުދިކޮށް ކޮށާފައި)
 • 1 މޭޒުމަތި ސަމުސާ ބަޓަރު
 • ތެޔޮ ފޮދެއް
 • ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ފެން ގަނޑުގެ ތެރެއަށް ތެޔޮ ފޮދެއް އެޅުމަށްފަހު ޕާސްތާ ފެނު ކައްކާށެވެ. ޕާސްތާ ރަނގަޅަށް މަޑުވުމުން ފެން ފޮދު އުކާލުމަށްފަހު ބަހައްޓާށެވެ.

ބޯތަށްޓެއްގައި އެއް ސައިސަމުސާ ތެޔޮ، ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ބަހައްޓާށެވެ.

ކުކުޅު ކޮޅު ކުދިކޮށް ކޮށާލުމަށް ފަހު، އޭގެ ތެރެއަށް ގާލިކް ޕޭސްޓް އަދި ކުރިން އެއްކުރި ލޮނާއި އަސޭމިރުސް އެއްކޮށްލުމަށް ފަހު ތެލުލާށެވެ.

ވައިޓް ސޯސް ތައްޔާރު ކުރުމަށް، ތެއްޔަކަށް ބަޓަރު އަޅައި ފިޔާ ރަތްކުރާށެވެ. ދެން ފެނާއި ފުށް އެއްކޮށް ގިރުމަށްފަހު ރަތްކުރި ފިޔާގަނޑުގެ ތެރެއަށް އަޅާށެވެ. ޕޭސްޓު ގަނޑު ކުޑަކޮށް ތަތް ވަންދެން ގިރަމުން ގެންދާށެވެ.

އޭގެ ތެރެއަށް ކިރާއި، އަސޭމިރުސް، ޕާސްލޭ، ތައިމް، ދެ ސަމުސާ ޗީޒް، ބިސް (ގިރާފައި) އަދި ލޮނު އެއްކުރުމަށް ފަހު މަޑު ގިނީގައި 10 ވަރަކަށް މިނެޓު ކައްކާލާށެވެ.

ވައިޓް ސޯސް އުނދުން މަތިން ބޭލުމަށްފަހު ޕާސްތާގެ މައްޗަށް އަޅާލާށެވެ. އަދި އޭގެ މައްޗަށް، ތެލުލި ކުކުޅު ވެސް އަޅާށެވެ. ދެން އޭގެ މައްޗަށް ގާނާފައި ހުރި ޗީޒް އަޅާލާށެވެ. އޭރުން ވައިޓް ސޯސް ޕާސްތާ ތައްޔާރުކޮށް ނިމުނީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!