ނައިބު ރައީސްކަމުން ޑރ. ޖަމީލު ވަކިކުރި މައްސަލައިގެ ޝަރީޢަތް ފަށަނީ

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަހުމަދު، އެމަގާމުން ވަކިކުރި މައްސަލައިގެ ޝަރީޢަތް މިމަހު ފަށާ ގޮތަށް ސުޕްރީމް ކޯޓުން ތާވަލު ކޮށްފިއެވެ.
ކުރީ ސަރުކާރުން ޑރ. ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައީ ގާނޫނާާ ހިލާފަށް ކަމަށް ބުނެ މިދިޔަ އަހަރު އެމަނިކުފާނު ހުށަހެޅުއްވި އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
ޑރ. ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، މަޖިލިހުގެ މެޖޯރިޓީ އޮތް ޕީޕީއެމްގެ ހުށަހަޅުއްވައިގެން ކުރިއަށް ގެންދަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން އެމަނިކުފާނު އިނގިރޭސި ވިލާތުގައި މަޑުކުރެއްވިއެވެ.
ޕީޕީއެމް ސަރުކާރުން ޑރ. ޖަމީލު ނައިބު ރައީސްކަމުން ދުރު ކުރުމަށް ފަހު އެމަގާމަށް އައްޔަނު ކުރެއްވީ އަހުމަދު އަދީބެވެ.