ނިއުޒީލެންޑުން ކޮވިޑް-19 ކޮންޓްރޯލް ކޮށް، ސްކޫލްތަކާ ވިޔަފާރިތައް ހުޅުވަނީ
ނިއުޒީލެންޑްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، 4 ހަފްތާއަށް ދިގުދެމިގެން ދިޔަ ލޮކްޑައުން އަށް ލުއި ތަކެއްދީ ވިޔަފާރި ތަކާއި ސްކޫލްތައް ހުޅުވާލުމަށް އެގައުމުން ތައްޔާރު ވެއްޖެއެވެ.
މިކަން އިޢުލާން ކުރަމުން ބޮޑު ވަޒީރު ޖަސިންޑާ އާޑަން ވިދާޅުވީ ، އެންމެބޮޑު ގެއްލުމުން ސަލަމާތް ވެއްޖެކަމަށާ، ވައިރަހާއި ދެކޮޅަށް ކުރި ހަނގުރާމައިން ކުރި ލިބިއްޖެކަމަަށެވެ. ނަމަވެސް އަދިވެސް ތިބެން ޖެހޭނީ ވަރަށް ފަރުވާތެރިވެގެންކަމަަށް އެކަމަނާ ވިދާޅުވިއެވެ.
ާނިއުޒީލެންޑްގައި އާންމުކޮށްފައިވާ ލޮކްޑައުން ލެވެލް-4 ގެ އަމުރުގެ ދަށުން ހުރިހާ ވިޔަފާރިއާއި ސްކޫލްތައް ބަންދުކޮށް، ހަމައެކަނި ސުޕަރމާކެޓާއި ގެއާ ކައިރި ތަންތަނަށް ދިއުމަށް ހުއްދަ ދީފައި އޮންނަތާ 4 ހަފްތާފަހުން، މިއަދު މި އަމުރު ވަނީ ލޮކްޑައުން ލެވެލް-3 އަށް ބަދަލު ކޮށްފައެވެ.
މި އަމުރުގެ ދަށުން ސްކޫލްތަކާއި އޮފީސްތައް ހުޅުވި ކަމުގައިވިޔަސް، ކިރިޔާވެސް ފުރުސަތެއް އޮތްނަމަ ގޭގައި ތިބެގެން ކިޔެވުމާއި އޮފީސް މަސައްކަތްތައް ކުރުމަށް ބޮޑުވަޒީރު ވަނީ އެދިފައެވެ.
ނިއުޒީލެންޑުން މިދިން ލުއިގެ ސަބަބުން އޮންލައިންކޮށް ނުކިޔެވޭ ގްރޭޑްތަކުގެ ކުދިންނާއި، ބެލެނިވެރިންނަށް ބުދަ ދުވަހުން ފެށިގެން ސްކޫލުތައް ހުޅުވޭނެއެވެ. އަދި ކޮންމެވެސް ވަރަކަށް ރެސްޓޯރެންޓްތައް ވެސް ހުޅުވާނެއެވެ.
ވަޒީފާ ތަކަށް ދާންޖެހޭ އެއް މިލިއަން މީހުން މާދަމާ މަސައްކަތަށް ނިކުންނަ އިރު މިކަން ކުރެވޭނީ، ރައްކާތެރިވުމަށް ބޭނުންވާ އާލާތް ބޭނުންކޮށްގެން، އިޖުތިމާއި ގައިދުރުކަން ބަހައްޓައިގެންނެވެ.
މިލުޔާއި ބެހޭގޮތުން ބޮޑުވަޒީރު އިތުރަށް ހާމަކުރި ގޮތުގައި،ލުއި ދިނުމުގެ ސަބަބުން މީހުން މަސްހުނިވާނެތީ ލޮކްޑައުން ލެވެލް-3 އަކީ ވެސް ވަރަށް ނުރައްކާތެރި ފިޔަވަޅެއް ކަމަށެވެ. އަދި "މިހާރު މި ހުޅުވާލީ އިގްތިޞާދު ކަމާ، އިޖުތިމާޢީ ދިރިއުޅުން އަދި ހުޅުވާ ނުލެވޭކަން " ފާހަގަ ކޮށް ބުނީ، ބޮޑު ވަޒީރު ވިދާޅުވީ ގިނަ މީހުނާއި ބައްދަލުކޮށް ހެދުމުގެ ހުއްދައެއް އަދި ނެތްކަމަށެވެ.
4.8 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ނިއުޒީލެންޑްގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 1،469 މީހުންނެވެ. މީގެތެރެއިން މަރުވި ކަމަށް ރެކޯޑް ކުރެވުނީ 19 މީހުންނެވެ.
ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުނަށް މި ބަލި ވާޞިލް ވުމުގެ ދުނިޔޭގެ ރޭޓަކީ 2.5 ނަމަވެސް، ނިއުޒީލެންޑުން ބަލި ޖެހުނު މީހުންގެ ފަރާތުން ބަލި ފެތުރުނު ކަމަށް ރެކޯޑް ކުރެވުނީ 0.4 މީހުނަށްނަށެވެ. މިއީ ދުނިޔޭގެ ނިސްބަތުން ވަރަށް ދަށް އަދަދެކެވެ.