އަބްދުއްރަހުމާނު ނިޔާވީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން: އޮޓޮޕްސީ ރިޕޯޓް

އއ. މާޅޮހު ގެއެއްގައި ނިދާފައި އޮއްވައި ޒަހަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާން އާދަމް (65އ)ގެ ނިޔާވީ ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެން ކަމަށް ޕޯސްޓު މޯޓަމް ރިޕޯޓުން ދައްކައިފި އެވެ.
މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް އަބްދުއްރަހުމާނު މަރުވީ މި މަހުގެ 13 ވަނަ ދުވަހުގަ އެވެ.
އެ ރަށު ބައެއް މީހުން ކިޔަދިން ގޮތުގައި އަބްދުއްރަހުމާނުގެ ބޮލަށް ހަމަލާދިނުމުގެ ސަބަބުން ބޮލުގެ ބޮޑުބައި ވަނީ ޗިސްވެފަ އެވެ.
ރާއްޖެއިން ބޭރުން ޕޯސްޓުމޯޓަމް ހެދުމަށް ފަހު އަބްދުއްރަހުމާނުގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވާއިރު، މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަބްދުއްރަހުމާނު މަރުވީ ބޮލަށް ލިބުނި އަނިޔާތަކާ ގުޅިގެން ކަމަށް އޮޓްޕޮސީގެ ވަގުތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
