15 ރަށެއްގައި ޕާކު އަޅާނެ ސާމާނު ގެނެސްފި
15 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު އެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ޔޫތް މިނިސްޓްރީން ފަށައިފި އެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ 15 ރަށެއްގައި ކުޑަކުދިންގެ ޕާކު އަޅަން ބޭނުންވާ ސާމާނު ވަރަށް އަވަހަށް އެ ރަށްތަކައް ފޮނުވާނެ ކަމަށެވެ. ޕާކު އަޅާ ސާމާނު މިވަގުތު ހުރީ ގަލޮޅު ދަނޑުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ޕާކު އަޅާ ރަށްތަކުގެ ތެރޭގައި ގއ. ނިލަންދޫ އާއި ގދ. ރަތަފަންދުއާ ތިނަދޫ އާއި ވާދޫ އެވެ. އަދި ކ. ގާފަރާއި ގުޅީގެ އިތުރުން ތ. ހިރިލަންދޫ އާއި ކަނޑޫދުއާ ވަންދޫގައި ވެސް ޕާކު އަޅަ އެވެ.
މީގެ އިތުރުން އއ. ރަސްދުއާ ބ. ކިހާދޫއާ މ. ރަތްމަންދޫ އާއި ހއ. ތުރާކުނާއި ހދ. ކުނބުރުދޫ އާއި ރ. ވާދޫގައި ވެސް ޕާކު އަޅަ އެވެ.
Ads by Allied Insurance