މުނިފޫހިފިލުވުން

ކޮވިޑް19: އަކްޝޭ ކުމާރްގެ ދީލަތި އެހީއެއް މުމްބާއި ޕޮލިސް އަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ ހަނގުރާމައަށް އެހީވުމުގެ ގޮތުން މަޝްހޫރު ތަރި އަކްޝޭ ކުމާރު، މުމްބާއީ ޕޮލިސް އަށް 20 މިލިއަން އިންޑިއަން ރުޕީސް ހަދިޔާކޮށްފައެވެ.

Ads by MWSC

އަކްޝޭ ވަނީ މީގެ ކުރިން ވެސް ކޮރޯނާ ވައިރަސް އިން އަރައިގަތުމަށް އެއްކުރި ޕީއެމް- ކަރެސް ފަންޑަށް ވެސް އެހީވެފައެވެ. އަކްޝޭ އަކީ މި ފަންޑަށް އެހީވި ބޮލީވުޑް ގެ އެންމެ ފުރަތަމަ ފަންނާނުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މުމްބާއީ ޕޮލިސްއަށް އަކްޝޭ އެހީވިކަން ހާމަކޮށްފައިވަނީ އެ ޕޮލިސްގެ ކޮމިޝަނަރ ކުރެއްވި ޓްވީޓަކުންނެވެ. އެ ޓްވީޓުގައި އޭނާ ވަނީ އަކްޝޭ ވެދެއްވި ދީލަތި އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އެ ރުފިޔާ ހަރަދު ކުރެވިގެންދާނީ މުމްބާއީ ޕޮލިސް ގެ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަންވެސް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ.

ބޮލީވުޑްގެ ގިނަ ފިލްމީ ތަރިން ދިރިއުޅެމުން އަންނަ މުމްބާއި ސިޓީ އަކީ އިންޑިއާގައި ކޮވިޑް19 އެންމެ ބޮޑަށް ކުރި އެއް ހިސާބެވެ. މުމްބާއީ އިން ވަނީ ކޮވިޑް19 ގެ 5000 ވުރެ ގިނަ ކޭސް ރިޕޯޓުކުރެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!