ޚަބަރު

ފެބްރުއަރީ 16 އިން 20 އަށް ދުބާއީ ގަލްފް އެކްސްޕޯއަށް ދިޔަ މީހުން އެޗްޕީއޭއަށް އެންގުމަށް އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ފެބްރުއަރީ 16 އިން 20 އަށް ދުބާއީ ގަލްފް އެކްސްޕޯއަށް ދިޔަ މީހުން އެޗްޕީއޭ އަށް އެންގުމަށް އެދިއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ދުބާއީގައި މިއަހަރުގެ ފެބްރުއަރީ މަހު 16-20 ގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވި މީހަކު ރާއްޖޭގައި ހުރިނަމަ އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅުއްވައި ރިޕޯޓުކުރަން އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެކްސްޕޯގައި ބައިވެރިވި މީހުން ހޯދަނީ މިހާރު ރާއްޖޭގައި ހިނގަމުންދާ ކޭސްތަކާއި ގުޅިގެން ނޫން ކަމަށާއި މިއީ މި އެކްސްޕޯއަށް ދިޔަ މީހުންގެ ތެރެއިން ފައްސިވެފައިވާ މީހުންގެ ފަރާތުން ޝައްކުވާ ކަންތައްތަކެއް ފެނުމާ ގުޅިގެން ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ.

"މި އެކްސްޕޯއަށް ދިޔަ މީހުންގެ ހިސްޓްރީއަށް ބަލާއިރު، ކޮންމެވެސް ވަރަކަށް ބަލީގެ އަލާމާތްތައް ހީކުރާ މިންވަރަށް ވުރެ ދިގުވެފައިވުމާއި، ބަލިން ރަނގަޅުވުމަށްފަހު އަލުން އަލާމާތްތައް ފެންނަން ފެށުން ފަދަ، އާއްމުކޮށް މި ބަލީގައި ނުފެންނަ ކަންތައްތަކެއް ފެންނާތީ. ބޭނުންވަނީ މިގޮތަށް އިތުރު ބަޔަކުވެސް ތިބިތޯ" އަފްޒަލް ވިދާޅުވިއެވެ.

މި އެކްސްޕޯ އަށް ދިޔަ މީހުން ހޯދަން ބޭނުންވަނީ މި ކަންކަން އެކްސްޕްލޯ ކުރަން ބޭނުންވާތީ ކަމަށާއި ފަހަރުގައި މިކަން ދިމާވި މީހުން ބަލިން ރަނގަޅުވެފައި ތިބުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް އެމީހުންގެ ހިސްޓްރީ ބަލާލަން ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!