ދުނިޔެ

އިނގިރޭސި ނޫސްވެރިޔާ ޕިއަރސް މޯގަންގެ ބޮޑެތި ފާޑު ކިޔުންތަކާއެކު ހުޅުވާލެވިފައިވާ ސިޓީއެއް ޓްރަމްޕަށް

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު އިނގިރޭސި ބްރޮޑްކަސްޓަރ، ޖަރނަލިސްޓް، އަދި ލިޔުންތެރިޔާ ޕިއަރސް މޯރގަންގެ ހުޅުވާލެވިފައިވާ ސިޓީއެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕަށް ފޮނުވައިފިއެވެ.

Ads by Sosun Fihaara

މިފަދަ ސިޓީ އެއް ޕިއަރސް މޯރގަން ފޮނުވިއިރު ކޮރޯނާވައިރަސްގެ ފަރުވާގެ ގޮތުގައި ޓްރަމްޕް ދައްކަމުންދާ ދެއުޅިއެއްނުވާ ވާހަކަ ތަކުގެ ސަބަބުން އެއަށް ރައްދު ދީ ކޮލަމެއް ލިޔުނު ފަހުން،ޓްރަމްޕް ވަނީ ޓްވިޓަރ އިން މޯރގަން ބްލޮކް ކޮށްލާފައެވެ.

މޯގަންގެ މިސިޓީ އަދި ކޮލަމްގައިވެސް ޓްރަމްޕަށް ރައްދުކޮށް ވަރަށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެއެވެ. ނަމަވެސް އެކަމަށް މާފަށް އެދެން ބޭނުން ނޫންކަމަށް ވަރަށް ސާފުބަހުން އޭނާ ހާމަކޮށްފައިވެއެވެ. މައިގަނޑު 10 ޕޮއިންޓެއް ފާހަގަ ކޮށްފައިވާ މިސިޓީގައި، މޯގަން ހާމަ ކުރި ގޮތުގައި ޓްރަމްޕަކީ އެމެރިކާގެ އެންމެ ބާރުގަދަ މީހާކަމަށް ވުމުން، އޭނާ ބުނާބަހުގައި ވަޒަން ހުންނާނެ ކަމަށާއި އެހެން ކަމުން އެއްޗެއް ބުނުމުގެ ކުރިން މި ބުނެވެނީ ކީކޭކަން ޔަގީން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފާހަގަ ކުރިއެވެ.

ކޮރޯނާވައިރަސް ޖެހޭ މީހުންނަށް ލައްފިލުވާ އިންޖެކްޓް ކުރުމަށް ޓްރަޕްމް ޚިޔާލު ދިނުމާއި އެކު އެކަން ކުރަން ވަރަށް ގިނަ ބަޔަކު އުޅުނު ކަމަށާއި، އެމީހުން ހުއްޓުވަން އެތަން އިންޒާރެއް ދޭން ޖެހުނު ކަމަށް ވެސް މޯގަން ހާމަ ކުރިއެވެ.
މޯގަންގެ ސިޓީގައި ފުރަތަމަ ކަމަކަށް މޯގަން ގޮވާލާފައި ވަނީ ޓްރަމްޕް ސީރިއަސް ވުމަށެވެ.

މިހާލަތުގައި ސީރިއަސް ކޮށް މިކަން ނަގައިގެން ގައުމުތައް ހަމައަކަށް އަޅުވަމުން ގެންދާކަމަށް ބުނަމުން މިސާލެއްގެ ގޮތުގައި މޯގަން ދެއްކީ ޖަރުމަންގެ އެންޖެލާ މާރކެލް، ނިއުޒީލެންޑްގެ ޖަސިންޑާ އާޑަން، އަދި ފްރާންސްގެ އިމަނުއެލް މެކްރޯން އެވެ. ދެވަނައަށް ފާހަގަ ކޮށްފައިވަނީ، މިހާތަނަށް އެމެރިކާއިން 55 ހާސް މީހުން މަރުވެފައިވާ އިރު، އެފަރާތްތަކުގެ އާއިލާގެ މީހުނަށް ހަމްދަރުދީގެ އެންމެ ބަހެއްވެސް ބުނެފައި ނުވާތީއެކަމެވެ.

ތިންވަނަ ކަމަކަށް، މި ދަތި ދަނޑިވަޅުގައިވެސް މިޑީޔާގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާތީ އެކަން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. ހަތަރު ވަނަ ކަމަކަށް ފާހަގަ ކޮށްފައިވަނީ، ކޮރޯނާވައިރަސް ގެ ފަހުގެ ޚަބަރުތައް ގެނެސްދިނުމަށް ބާއްވާ ބްރީފިންގތައް 45 މިނިޓަށް ކުރުކޮށް، ބްރީފިންގ ގެ ތެރޭގައި ޓްރަމްޕްގެ ވާހަކަ 10 މިނެޓަށް ކުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ފަސްވަނަ ކަމަކަށް މޯގަން ގޮވާލީ ތެދު ހެދުމަށެވެ. ހާމައަށް ފެންނަން ހުންނަ ކަންކަމުގައި ދޮގު ހެދުމަކީ އަމިއްލަނަފްސަށް އޮޅުވާލަން މަސައްކަތް ކުރުން ކަމަށް މޯގަންވަނީ ސިފަ ކޮށްފައެވެ.

ހަވަނަ ކަމަކަށް މޯގަން ގޮވާލީ ޓްރަމްޕް ވަރުގެ މޮޅުމީހަކު ނެތްކަމަށް ދެއްކުން ހުއްޓާލުމަށެވެ. ޚާއްސަކޮށް މި ބައްޔާއި ގުޅިގެން އެމެރިކާއިން ކޮށްފައިވާ ގޯސްކަންކަން ބަލައިގަނެ އެކަން ގަބޫލު ކުރަން ވަނީ ގޮވާލާފައެވެ. ސަބަބަކީ މިކަމަށް އެމެރިކާއިން ތައްޔާރުވެފައި ނެތްކަން ވަރަށް ސާފުކޮށް ފެންނަން އޮތުމެވެ. ހަތްވަނަ ކަމަކަށް ގޮވާލީ ސިއްހީ ކަންކަން ސިއްޙީ މާހިރުންނަށް ދޫކޮށްލުމަށެވެ.

އަށްވަނަ ކަމަކަށް މޯގަން އެދިފައިވަނީ ބޭކާރު ޓްވީޓްތައް ނުކޮށް އެމެރިކާގެ އެންމެ މަރުވެގެން ދިއުމުގެ ކުރިން ކޮވިޑް-19 އިން އަރައިގަތުމަށް ކުރަންވީ ކަންތަކަށް ސަމާލުކަން ދިނުމަށެވެ. ނުވަވަނަ ކަމަކަށް މޯގަން ބުނެފައިވަނީ، ޓްރަމްޕް މަސައްކަތް ކުރަނީ ކިހާ ބުރަކޮށްކަން އަބަދު އަޑުއަހަން ބޭނުން ނުވާކަމަށާއި، މޯގަންއާއި އެމެރިކާގެ ކޮންމެ މީހަކަށްވެސް، މިދުވަސްވަރު އެމެރިކާގެ ލީޑަރު މަސައްކަތްކުރައްވާނީ ވަރަށް ބުރަކޮށްކަމަށް އެނގޭކަމަށެވެ. ސަބަބަކީ މި ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެއަށް ދިމާވި އެންމެ ބޮޑު ކާރިސާއާ އެމެރިކާ ވެސް ކުރިމަތިލަމުން ދާކަން އެންމެނަށްވެސް އެނގޭތީއެވެ. ދިހަ ވަނަ އަދި އެންމެ ފަހު ކަމެއްގެ ގޮތުން މޯގަން ވަނީ، ސިޔާސީ ބައިބައިވުން ދުރުކޮށް އެންމެން އެކުގައި މަސައްކަތް ކުރުމަށް ގޮވާލާފައެވެ. ސަބަބަކީ މިއަދު ހުރިހާ އެންމެން ދުޝްމަނަކީ ވެސް އެކަކު ކަމާ، އެއީ ކޮވިޑް-19 ކަން ސިޓީ ނިންމާލަމުން ފާހަގަ ކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!