Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މާލެ ސަރަހައްދުން ރެންޑަމް ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ދެނެގަތުމަށްޓަކައި، ރެންޑަމްކޮށް ނަގަމުންދާ ސާމްޕަލްތަކަކީ އެއްވެސް އަލާމާތެއް ހުރެގެން ނުވަތަ ވަކި ރިޕޯޓެއް ލިބިގެން ނަގަމުންދާ ސާމްޕަލްތަކެއް ނޫންކަމަށެވެ.

ސާމްޕަލްތައް ނަގަމުންދަނީ މާލެ ސަރަހައްދަށް ޚާއްސަކޮށްގެންކަމަށާއި، މިއަދު ވިއްސާރަ ވުމުގެ ސަބަބުން، ނެގިފައިވަނީ 25 ސާމްޕަލެއްކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ނަމަވެސް މާދަމާވެސް ރެންޑަމްކޮށް މަގުމަތިން ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ބާޒާރުމަތި، ކަންމަތީ ފިހާރަތައް، ފެރީޓާމިނަލްތައް އަދި މަގުމަތިންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިތަންތަނުން ސާމްޕަލްތައް ނެގުމުގައި ހައިރިސްކް ގްރޫޕްތައް ހިމެނޭ ސަރަހައްދުތަކަށާއި މިހާތަނަށް ބަލި ފެތުރިފައިވާ ގޮތަށް ބަލައި ސާމްޕަލްތައް ނެގުމަށް އިސްކަން ދޭނެ ކަމަށެވެ.

Advertisement
HDC — Sidebar (box)

ޑރ. އަފްޒަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރެންޑޮމް ސާމްޕަލިންގެ ތެރެއިން ކުރެވޭ ޓެސްޓުތަކުން ވެސް ކޮވިޑަށް ފައްސިވެފައިވާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް