ބޭރު ދުނިޔެ

ކޮވިޑް-19 ގައި މަރުވަމުން ދިޔަ 32 އަހަރުގެ ބައްޕަ ލިޔުނު އަސަރުގަދަ ސިޓީ

ދެން އެމްވީ

އެމެރިކާގެ ކަނެކްޓިކަޓަށް ނިސްބަތްވާ 32 އަހަރުގެ ޖޮނަތަން ކޮއެލޯ މި ސިޓީ ލިޔުނީ ޑެންބަރީގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދަނިކޮށެވެ. މިސިޓީއަކީ ޖޮނަތަން އޭނާގެ އަންހެނުން ކެޓީ އަދި ދަރިން ދެކެވާ ލޯބި ހާމަ ކުރުމުގެ ގޮތުންނާއި، އެމީހުންގެ ސަބަބުން އޭނާގެ ދިރިއުޅުން ކިހާ އުފާވެރި ކަމާއި، އޭނާއަކީ ކިހާބޮޑު ނަސީބުވެރިއެއްކަން ހާމަކުރުމަށް ލިޔެފައިވާ ސިޓީއެވެ. ޖޮނަތަންގެ މަރުގެ ޚަބަރާއި އެކު ކެޓީ ރޮމުން މިސިޓީ ހުޅުވާލިއެވެ. އޭގައި ވަނީ މިފަދައިންނެވެ.

"އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ކަލޭމެން އެންމެން ދެކެ ލޯބިވަން. ކަލޭމެންގެ ސަބަބުން އަހަރެންގެ ހަޔާތް އެންމެ ފުރިހަމަ އަދި އުފާވެރި ހަޔާތަކަށް ވި. އަހަރެންނަކީ ވަރަށް ނަސީބު ރަނގަޅު މީހެއް. ބެރޭޑަން އަދި ޕެނީގެ ބައްޕައަށް ވުމާއި، ކެޓީގެ ފިރިމީހާއަށް ވުމަކީ އަހަރެން ފަޚުރުވެރިވާ ކަމެއް. ކެޓީއަކީ އަހަރެންނާ ދިމާވި އެންމެ ރީތި، އެންމެ އޯގާތެރި އަދި އެންމެ ހިތްހެޔޮ އަންހެނާ. ތިފަދަ ދެވަނައެއް ނުވޭ. އަހަންނަށް ތިބާދެކެ ލޯބިވެވުނުއިރު އުޅުނު ގޮތަށް އުފަލުގައި ހިނިތުން ވެފައި ހުންނާތި. ތިއީ އަހަރެންގެ ދަރިންނަށް ލިބޭނެ އެންމެ ރަގަޅު މަންމަ. އަދި ތިބާ އަހަރެންގެ ދަރިންތަރުބިއްޔަތު ކުރާތަން ފެނުން އެއީ އަހަރެން ކުރި އެންމެ ފުރިހަމަ ތަޖުރިބާ. ބްރޭޑަން ބޭނުންވާ ކަންކަން ކުރަން އޭނާއަށް ފުރުސަތު ދޭތި. ޕެނީއަކީ ރަނިކަމަނާއެއް. އޭނާ ބޭނުން އެއްޗެއް އޭނާއަށް ހޯދައިދޭތި. އަހަންނަކީ ވަރަށް ނަސީބު ރަނގަޅު މީހެއް."

ސިޓީ ކިޔާފައި ކެޓީގެ ކަރުނަތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ކެޓީ ބުންޏެވެ. " އަހަރެންގެ ހިތް ހަލާކުވީކީ ނޫން ހިތްވަނީ ކުދިކުދި ވެފައި"

10 އަހަރު ވަންދެން ސަރުކާރުގެ ވަޒީފާ އަދާކުރި ޖޮނަތަން އަށް އެންމެ ފުރަތަމަ ނޭވާއަށް އުނދަގޫ ވާންފެށީ، މާރޗް 26 ގައެވެ. އެދުވަހުން ފެށިގެން އޭނާ ބެހެއްޓީ ގޭގައި އެކަހެރި ކޮށްފައެވެ. ސަބަބަކީ ފިރިހެން ދަރިފުޅު ބްރޭޑަން އަކީ ސިއްހީ ވަރަށް ގިނަ މައްސަލަތައް ހުންނަ ކުއްޖަކަށް ވުމެވެ.

ނޭވާއަށް އުނދަގޫ ވުމުގެ އިތުރުން ޖޮނަތަންގެ ބޮލުގައި އަދި ބަނޑުގައި ރިއްސާ، ރަހަބެލުމާއި ވަސްބެލުމުގެ ހިއްސު ކެނޑުނެވެ. ކޮޓަރިން ފާޚާނާއަށް ދާން ވިޔަސް ޖޮނަތަންގެ ނޭވާ ކުރުވެ ކެއްސައެވެ. އެނދުގައި އޮންނަ އިރުވެސް ކަރުގައި އެއްޗެއް ތާށިވާ ކަމުގެ އިޙުސާސް ކުރެވެން ފެށިއެވެ.
ޖޮނަތަން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރެވުނީ މިހިސާބުންނެވެ.

31 މަރޗްގައި ޖޮނަތަންގެ ހާލު ބޮޑުވެގެން ވެންޓިލޭޓަރަށް ލެވުނެވެ.އަދި 12 އޭޕްރިލްގައި ޖޮނަތަންގެ އެއް ކިޑްނީ ފެއިލްވެ ޑަޔަލަސިސް ހަދަން ވެސް ޖެހުނެވެ.

އޭގެ ހަފްތާއެއް ފަހުން ޖޮނަތަންގެ ހާލު ކުޑަކޮށް ރަގަޅުވެ ޑަޔަލިސިސްގެ އަސަރު ކުރަން ފެށިނަމަވެސް ކިޑްނީ މަސައްކަތް ކުރާކަށް ނުފަށައެވެ. ނަމަވެސް ކެޓީއަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބުނެވެ. ޖޮނަތަން ރަގަޅުވެގެން ވަރަށް އަވަހަށް އާއިލާގެ ކައިރިއަށް އަތުވެދާނޭކަމަށް ހީކުރެވުނެވެ. ނަމަވެސް ކަންވީ އެއާ އިދިކޮޅަށެވެ. އޭގެ 4 ދުވަސް ފަހުން، ޖޮނަތަން މަރުވީ ހިތް ހުއްޓިގެންނެވެ.

ކެޓީއަށް ކޮށްފައިވާ އަސަރު ބަޔާން ކުރަންވެސް ދައްޗެވެ. ޖޮނަތަން އަކީ އަބަދު ވެސް ހެވިފައި މީހުނާ ސަލާމްކުރާ މީހެކެވެ. ދަރިންނާއި އެއްކުލައިން ޖާރޒީ ލައިގެން ކުޅިވަރުކުޅޭ ތަންތަނަށް ދިއުމަކީ ޖޮނަތަންގެ އާދައެކެވެ. ނަމަވެސް މިއަދު ކުދިންނާއި އެކު ކެޓީ މިވަނީ އެކަނިވެރި ވެފައެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!