ބޮލީވުޑް މުނިފޫހިފިލުވުން

މި މީހާގެ ކުށަކަށްކީ ޝާހުރުކް އާ މާ ވައްތަރުވުން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޝާހުރުކް ޚާނާއި ވައްތަރުކަމަށް ބުނާ ޕްރަޝާންތް ވާލްޑޭ، އޭނާ އާއި ޝާހުރުކު ވައްތަރުވުމުގެ ސަބަބުން ދިމާވި ކަމެއް ހިއްސާކޮށްފިއެވެ،

Ads by MWSC

ޕްރަޝާންތު ވާލްޑޭ ވަނީ ގިނަ ފިލްމުތަކެއްގައި ޝާހުރުކްގެ ބޮޑީ ޑަބަލްގެ ގޮތުގައި ވެސް ހަރަކާތްތެރި ވެފައެވެ.

ވާލްޑޭ ބުނި މިދިޔަ އަހަރު ޝާހުގެ އުފަންދުވަހު ހިނގައި ދިޔަ ކަމަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ. އެގޮތުން އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެ އަހަރުވެސް އޭނާ ޝާހުގެ އުފަން ދުވަހަށް މާބޮނޑިއަކާއި ކޭކެއް ހިފައިން ދިޔަ ކަމަށް ވާލްޑޭ ބުނެފައިވެއެވެ.

ޝާހުރުކް ދިރިއުޅޭ "މަންނަތު" ގެއަށް ވާލްޑޭ ދެވުނު އިރު ފޭނުން ވަނީ ގެ ކައިރީގައި ފުނި ޖެހިފައެވެ.

މީހުން ގިނަ ކަމުން ވާލްޑޭ އެނބުރި ދާން ދިމާކުރި ނަމަވެސް ދެން ދިމާވީ އޭނާ ހީކޮށްގެން ވެސް ހުރި ކަމެއް ނޫނެވެ. ޝާހު ކަމަށް ހީކޮށް ފޭނުންތައް އޭނާއާއެކު ފޮޓޯ ނަގައި އޮޅުލައިގަތީއެވެ. ވާލްޑޭ ބުނި ގޮތުގައި އޭނާ ފެނިފައި ބައެއް މީހުން ރޯން ވެސް ފެށިއެވެ.

ނަމަވެސް ހަގީގަތް އެނގުނު ހިސާބުން ގޯސްވީ ވާލްޑޭއެވެ. ފޭނުން ބުނީ ވާލްޑޭ ގަސްތުގައި ޝާހުރުކަށް ވާން މަސައްކަތް ކޮށްގެން އެގޮތަށް ހެދުން އެޅީ ކަމަށެވެ. އަދި އެކަން ފޭނުން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ ވާލްޑޭ ހާޒިރުކޮށް ބަޔާން ވެސް ނަގާފައެވެ.

ބޮލީވުޑުގެ ރަސްގެފާނު ޝާހުރުކް ވަނީ އިއްޔެ އޭނާގެ 55 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު އޭނާގެ އުފަންދުވަހު ފޭނުންނާއި ބައްދަލު ކޮށްފައެއް ނުވެއެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!