6 އަހަރުގެ ކިޔާންގެ އަސަރުގަދަ ސިޓީއެއް "މަބުރޫކު ބޭބެ" އަށް!
މާލެއިން ކޮވިޑް-19 ފެނުމާއެކު، މުޅި މާލެ ލޮކްޑައުންކޮށް، ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަކަށް މީހުން އަރާ ފޭބުން މިވަނީ މަނާކޮށްފައެވެ. އެއާއެކު، އެކި ބޭނުންތަކުގައި މާލެގޮސް ތިބި މީހުން ވަނީ މާލޭގައި ތާށިވެފައެވެ. އަދި މާލެއިން ބޭރުގައި ތިބި މީހުން މާލެއަށް ނުދެވި އެ ރަށްރަށުގައި މިވަނީ ތާށިވެފައެވެ.
މިއީ މިއަދު ޓްވިޓާ ތެރޭގައި ވައިރަލް ވެފައިވާ ސިޓީއެކެވެ. އުމުރުން އެންމެ 6 އަހަރުގެ ކުއްޖަކު، އެކުއްޖާގެ އަތު ލިޔުމުން މަބުރޫކްއަށް ލިޔެފައިވާ ސިޓީއެކެވެ. އެ ތުއްތުކުއްޖާ އެތައް އުންމީދަކާއެކު، "މަބުރޫކް ބޭބެ" އަށް ލިޔެފައިވާ ސިޓީއެކެވެ.
މިއީ ފ.ބިލެއްދޫ، އަބަދަށް އުފާ އަށް ނިސްބަތްވާ ކިޔާން އޭނާގެ މަންމަ ކައިރިއަށް ދާން ހުއްދައަށް އެދި ލިޔެފައިވާ ސިޓީއެކެވެ.
އެ ސިޓީގައިވެއެވެ. "މަބުކޫރު ބޭބެއަށް. ވަަރަށް ސަލާމާއެކު ބުނަން. އަޅުގަނޑު މިހިރީ ބިލެއްދޫގައި. އަޅުގަނޑު ބޭނުންވަނީ މަންމަ ކައިރިއަށް މާލެދާން. ވީމާ އަޅުގަނޑަށް މާލެ ދިޔުމަށް ހުއްދައަށް އެދެމެވެ. ހާދިމްކުމް. ކިޔާން"
An Open Letter from a 6yo to @mabrouq beybe.
Pls make them reunite.