ޚަބަރު

ނަސްރުﷲ އިން ޑިންގީގެ ބައެއް، ކަނޑު އަޑިން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބ. އަނގަފަރު ކައިރީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި ކަނޑުމަތީގެ އެކްސިޑެންޓުގައި ގެއްލިގެން ހޯދާ ނަސްރުﷲ އަބްދުﷲ އިން ޑިންގީގެ ބައެއް ކަނޑު އަޑިން މިއަދު ހެނދުނު ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ބުނީ ޑިންގީ ފެނުނީ މިއަދު 10:45 އެހާކަށްހާއިރު ބ. ދޮންފަނާ އަނގަފަރާ ދެމެދު ކަނޑުގެ ސަރަހައްދުގެ 40 މީޓަރު އަޑިންނެވެ. އަދި ޑިންގީ މިއަދު މެންދުރުފަހު ނެގުމަށް މަސައްކަތް ކުރަމުންދާކަމުގައި ޑައިވަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.

"އަދި ޑިންގީގެ އިންޖީނުގެ މަތިގަނޑު ޑައިވަރުން ނަގާފައިވޭ، އެއީ އިންޖީނުގެ މަތިގަނޑަކީ ޑިންގީ އަށް ނިސްބަތްވާ ތަކެތި ދޯ ދަނީ ބަލަމުން،" އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

ޑިންގީ ފެނިފައިވަނީ މީގެ ދެދުވަސް ކުރިން ޑިންގީގައި ހުރި ބައެއް މަސްވެރިކަމުގެ އާލާތްތައްވެސް ފެނުނު ހިސާބުންނެވެ. އަދި ޑިންގީގައި ގެންޅުނު އެއްލާ ބައްތި (ނެވިގޭޝަން ލައިޓް) ވެސް ފެނިފައި ހަމަ އެސަރަހައްދުންނެވެ.

ތަފްސީލް އަންނަނީ...

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!