ޚަބަރު

މާޅެންދޫއިން ކެނދިކުޅުދޫ އަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މޮނީޓަރިންގެ ހާލަތަށް ލާފައިވާ ނ. ކެނދިކުޅުދޫއަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ރޭ 00:53 އެހާއިރު ނ. މާޅެންދޫ އިން ދެ މީހަކުވެގެން މާޅެންދޫ ކޮވިޑް19 ޓާސްކް ފޯސް އަށް ނޭނގި އަދި އެމީހުން ފުރި ދޯނީގެ ވެރި ފަރާތަށް ވެސް ނޭނގި މޮނީޓަރިންގެ ހާލަތަށް ލާފައިވާ ކެނދިކުޅުދޫއަށް ދިޔަ މައްސަލާގައި އެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރު ކުރީވެސް މާޅެންދޫ އަށް ދިޔަ ފަހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އެ މައްސަލާގައި ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންވެސް ހައްޔަރު ކުރެވިފައިވަނީ ކުށުގެ ވެށިން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!