ޚަބަރު

ނަރުދޫއިން އިތުރު 3 މީހަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ށ. ނަރުދޫއިން އިތުރު ތިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

"ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފަހުން ފައްސިވި ތިން މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ފުރަތަމަ އެ ރަށުން ފައްސިވި "އަމާޒު" ބޯޓުގެ ކައްޕިގެ އަންހެނުންނާއި، އޭނާގެ ދެ ދަރިންނެވެ.

މިއާއެކު އެރަށުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. މާލެ ފިޔަވާ އެންމެ ގިނަބަޔަކު ފައްސިވި ރަށަކަށް އެ ރަށް މިހާރު ވަނީ ވެފައެވެ.

"ވަގުތު" ނޫހުގައި ބުނެފައިވަނީ އޭނާގެ އިތުރު ދަރިއެއްގެ ސާމްޕަލް ނެގި ނަމަވެސް އެ ދަރީގެ ސާމްޕަލްގެ ނަތީޖާ ވަނީ ނައްސި ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެރަށުން މިހާތަނަށް 22 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނޭ ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!