ލައިފްސްޓައިލް

މޫނުގައި ބިހި ނެގީމަ ދަތް އުނގުޅާ ބޭސް ހާކަނީ ކޮންބައެއް؟ އަވަހަށް ހުއްޓާލާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޫނުގައި ބިހި ނެގުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. ސަބަބަކީ ބިހި ނެގުމުގެ ސަބަބުން މޫނުމަތީގެ ސިފަ ހަޑިވުމުގެ އިތުރުން، މޫނުމަތި ކެހުމާއި، އުނދަގޫ ވުމެވެ.

މޫނުގައި ނަގާ ބިހިތައް ފިލުވާލަން ކޮންމެ މީހަކު ވެސް ބޭނުންވާއިރު، އެކަން ކުރުމަށްޓަކައި އެކި މީހުން އެކި ކަންތައްތައް ކުރެއެވެ.

އެގޮތުން އެއްބަޔަކު އެބިހިތަކުގައި ދަތް އުނގުޅާ ބޭސް ވެސް ހާކައެވެ.

ނަމަވެސް ކަމާއިބެހޭ މާހިރުން ބުނެފައި ވަނީ މޫނުގައި ނަގާ ބިހިތަކުގައި ދަތް އުނގުޅާ ބޭސް ހޭކުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ. ސަބަބަކީ ދަތް އުނގުޅާ ބޭހުގައި ހުންނަ ބާރުގަދަ ކެމިކަލްތަކުގެ ސަބަބުން ހަންގަނޑު އިތުރަށް ހަލާކުވެ، ކުރަކިވުން ކަމުގައި ވެސް އެމީހުން ވަނީ ބުނެފައެވެ.

ދަތް އުނގުޅާ ބޭހުގެ އިތުރުން މޫނުގައި ބޭކިންގ ސޮޑާއާއި، ލުނބޯ ވެސް ނުހާކަން ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ސަބަބަކީ އެތަކެއްޗަކީ ވެސް ހަންގަނޑަށް މާބާރުގަދަ ތަކެއްޗަށް ވުމެވެ. މީގެއިތުރުން މޫނުމަތީގައި ކާށިތެޔޮ ނުހާކަން ވެސް ބުނެފައިވެއެވެ. ސަބަބަކީ އެތެލުން މޫނުމަތި އިތުރަށް ކަހާ، އިތުރަށް ބިހިނެގުން ވެސް އެކަށީގެންވުމެވެ.

ބިހިނެގުން ހުއްޓުވަން މޫނުގައި ހޭކިދާނެ ބައެއް އެއްޗެހި ވެސް ތަޖުރިބާކާރުން ވަނީ ކިޔައިދީފައެވެ.

- އެޕަލް ސައިޑަރ ވިނެގާ
މިއީ ވަރަށް ސަމާލުކަން ދީގެން ބޭނުން ކުރަންވާ އެއްޗެކެވެ. ތަޖުރިބާކާރުން ބުނެފައި ވަނީ ވަރަށް ކުޑަ އެތިކޮޅެއް ބިހީގައި ހޭކުމަށްފަހު 30 ސިކުންތު ބެހެއްޓުމަށްފަހު އަވަހަށް ދޮވެލުމަށެވެ. ދުވާލަކު ދެފަހަރު މިސޮލިއުޝަން ބިހީގައި ހޭކުމަށް ލަފާ ދީފައި ވެއެވެ.

▪︎ މާމުއި އާއި ފޮނިތޮށި
ފޮނިތޮށި ކޮޅެއް މުގުރާފައި މާމުއި ކޮޅަކާއި އެއްކުރުމަށްފަހު މޫނުގައި ހާކާލާށެވެ. އަދި 15 މިނެޓު ފަހުން މޫނު ދޮވެލާށެވެ. ތަޖުރިބާކާރުން ބުނެފައިވަނީ ހަފްތާއަކު ދެ ފަހަރު މިޕޭސްޓު މޫނުގައި ހޭކުމަށެވެ.

▪︎ މާމުއި
ބައެއް މީހުންގެ ހަންގަނޑު މާބޮޑަށް ސެންސިޓިވް ނަމަ، ހަމައެކަނި މާމުއި ކޮޅެއް އެކަނި ހާކާފައި ބެހެއްޓުން ވެސް ފުދެއެވެ. ނަގާފައި ހުންނަ ބިހިތަކުގައި އެކަނި، ނުވަތަ މުޅި މޫނުގައި އުނގުޅާފައި ވިޔަސް 15 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާނީއެވެ.

▪︎ އެސްޕިރިން
އެޒްޕިރިން ގުޅައެއް ފުނޑުވުމަށްފަހު ފެނާއި، ނުވަތަ މާމުއި ކޮޅަކާއި އެއްކޮށްލާށެވެ. މޫނު ރީތިކޮށް ދޮވުމަށްފަހު މިޕޭސްޓު މޫނުމަތީގައި އުނގުޅުމަށްފަހު 30 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ.

މަސްދަރު: ސްވާސްޓަރ.އެންޑީޓީވީ.ކޮމް

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!