ޚަބަރު

ޢިލްމީ ދިރާސާއަކީ ދާއިރާތަކުން ކުރިއެރުން ހޯދުމަށް މުހިންމު ވަސީލަތެެއް: ނައިބު ރައީސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކުރާ އުސޫލުން، ޢިލްމީ ދިރާސާއަކީ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި އިސް ދައުރެއް އަދާކުރާ މުހިންމު ވަސީލަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ "ދަ މޯލްޑިވްސް ނޭޝަނަލް ޖަރނަލް އޮފް ރިސަރޗް" (އެމް.އެން.ޖޭ.އާރު) ގެ ކޮވިޑް-19 އާގުޅޭ ޚާއްޞަ ޢަދަދު ނެރެދެއްވުމަށްޓަކައި އެ ޔުނިވަރސިޓީގައި މިއަދު މެންދުރުފަހު ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‎ނައިބު ރައީސްގެ ވާހަކަފުޅުގައި ދިރާސާ ކުރުމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީން މި ދާއިރާ ކުރިއަރުވަން ބަހައްޓާ އަހައްމިއްޔަތުކަމާމެދު އުފާކުރައްވާ ކަމުގައެވެ. އަދި، މިފަދަ ދިރާސާތަކުން އެއްކުރެވޭ މަޢުލޫމާތާއި ހޯދުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ފައިދާކުރަނިވި، އަދި ޤައުމު ބިނާކުރުމުގެ މަސައްކަތަށް މުހިންމު، ލާބައާއި މަންފާ ކުރަނިވި މަޢުލޫމާތުތަކެއް ކަމުގައެވެ.

‎"އެކި މީހުންނަށް މާތް ރަސްކަލާނގެ މިންވަރު ކުރައްވަނީ އެކި ކަންތައްތައް. އެއް ބައިމީހުންނަށް ޢިލްމު، އަނެއްބައި މީހުންނަށް ތަނަވަސްކަން، އަނެއްބައި މީހުންނަށް ވަރަށް އޯގާތެރި ބޮޑު ހިތެއް. އެހެންވީމާ، އެ މީހަކަށް އެ ލިބިފައިވާ ނިޢުމަތެއްގެ އެންމެ ރަނގަޅު ބޭނުން ހިފުމަކީ އަބަދުވެސް އަހަރެމެން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ކަމެއް،" ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!