Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގއ. ކޮނޑޭއިން 10 ފޫޓުގެ ކިނބުލެއް ހިފައިފި

ގއ. ކޮނޑޭ ގޮނޑުދޮށުން 10 ފޫޓުގެ ބޮޑު ކިނބުލެއް ހިފައިފިއެވެ. މި ކިނބޫ ހިފާފައިވަނީ އެ ރަށު ޒުވާނުން ތަކެއް ނިކުމެ، ވާ ޖަހައިގެންނެވެ.

ކިނބޫ މިހާރު ބާއްވާފައި އޮތީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ކަމަށް ކޮނޑޭ ކައުންސިލް ގެ ރައީސް އާއި ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯ ތަކަށް ބަލާއިރު ކިނބޫ އޮތީ އިތުރު ހަރަކާތެއް ނުކުރެވޭ ވަރަށް ބަނދެފައެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެ އެވެ. އެގޮތުން މި އަހަރު ތެރޭގައި ވެސް އއ. ރަސްދޫ އިން ވެސް ވަނީ ކުޑަ ކިނބުލެއް ފެނިފައެވެ.

އާއްމުކޮށް ކިނބޫ ފެންނަނީ އެއް ދުވަސްވަރެއްގަ އެވެ. ބުނެވޭ ގޮތުގައި ރާއްޖެއިން ފެންނަ ކިނބޫތަކަކީ ދެ މޫސުން ބަދަލުވާ ދުވަސްވަރު ވަޔައި އޮއި ހުންނަ ގޮތުން، އަވަށްޓެރި ގައުމުތަކުގެ އައްސޭރިފަށުން، ރާއްޖެ ސަރަހައްދަށް އަންނަ އެއްޗެއްސެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް