ކަށުކަަމާކެމީގެ ކަންކަން ނުކޮށް ދޫކޮށްލައިފިނަމަ އެންމެން ފާފަވެރިވާނެ: ޑރ.އިޔާޟް
މައްޔިތާގެ ކަށުކަމާކެމީގެ ކަންތައް ކުރުމަކީ ދިރިތިބީންގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި އެކަން ނުކޮށް ދޫކޮށްލައިފިނަމަ އެންމެން އެކަމުގައި ފާފަވެރިވާނެ ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ.އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޟް މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު ގދ.ތިނަދޫގައި ހުންނަ ޢަބުދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިއަަދު ނިޔާވި އެއަތޮޅު މަޑަވެލީ އުމުރުން 87 އަހަރުގެ މީހަކު ހިނެވުމެއް ނެތި ވަނީ ވަޅުލާފައެވެ. އެމައްޔިތާ ހިނަވާފައި ނުވަނީ ކޮވިޑް19 ޖެހިފައި ހުރެދާނެ ކަމަށް ބަލާފައެވެ.
Mayyithaa ge kashukamaa kemee ge kanthah kurumakee dhirithibeen ge machchah vaajibu kamekeve. evves bayaku ekan nukoh dhookohlaifi nama enmen ekamugai faafaveri vaane kamekeve. #Covid19 ah positive vefaivaa meehaku niyaavi namaves janaaza ge enmehai kameh furihama kuran jehe eve.
— Dr Mohamed Iyaz (@dr_iyaz) April 28, 2020
ކަށުކަމާކެމީގެ ކަންކަން ދީނުގައި އޮންނަ ގޮތް ބަޔާން ކުރުމުގެ ގޮތުން ޑރ.ޢިޔާޟް ވިދާޅުވެފައިވަނީ ކޮވިޑް19 ޖެހިފައިވާ މީހަކު ނިޔާވި ކަމުގައި ވިޔަސް ޖަނާޒާގެ އެންމެހައި ކަމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.