ޚަބަރު

19 ރަށެއްގައި ބީޗް ސްކައުޓުން ބައިތިއްބަނީ

ދެން އެމްވީ ، ދެން އޮންލައިން

ވޯޓަރ ސޭފްޓީ ޕްރޮގްރާމްގެ ދަށުން 19 ރަށެއްގައި ބީޗް ސްކައުޓުން ބޭތިއްބުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

Ads by STELCO

ޓުއަރިޒަމް މިނިސްޓްރީން ފަށާފައިވާ ވޯޓަރ ސޭފްޓީ ޕްރޮގްރާމަކީ ރާއްޖެއަކީ، ފަތުރުވެރިންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި، އަމާން އަދި މަޤުބޫލް މަންޒިލެއްކަން ކަށަވަރުކުރުމަށްޓަކައި، އެ މިނިސްޓްރީ އާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް މަދުވެގެން 100 ޓޫރިސްޓް އެނދު ޤާއިމުކުރެވިފައިވާ 19 ރަށެއްގައި "ބީޗް ސްކައުޓުން" ގެ ނަމުގައި ލައިފްގާރޑުން ބޭތިއްބުމަށް ނިންމާ އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ.

ބީޗް ސްކައުޓެއްގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ފަތުރުވެރިންނަށް ސޭފްޓީ ބްރީފިންގ ދިނުމާއި، އެދުވަހެއްގެ މޫސުމާއި ރަށުގެ ވެއްޓާބެހޭ މަޢުލޫމާތު ދިނުމާއި، މޫދަށް އެރިއުޅުމުގައި ސަލާމަތީ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑު ހިފަހައްޓާތޯ ބެލުމާއި، މީހުން މޫދަށް އެރި އުޅެނީ މޫދަށް އެރެން ކަނޑައެޅިފައި އޮންނަ ސަރަޙައްދުގެ ތެރޭގައިތޯ ބެލުމާއި، ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރުން ހިމެނެއެވެ.

ބީޗް ސްކައުޓުން ބޭތިއްބުމަށް ނިންމާފައިވާ 19 ރަށަކީ

ބ. ދަރަވަންދޫ
އއ. ރަސްދޫ
އއ. އުކުޅަސް
އދ. ދިގުރަށް
އދ. ހަންޔާމީދޫ
ކ. ދިއްފުށި
ކ. ގުޅި
ކ. ގުރައިދޫ
ކ. ހިންމަފުށި
ކ. ހުރާ
ކ. ހުޅުމާލެ
ކ. މާފުށި
މާލެ ސިޓީ
ކ. ތުލުސްދޫ
ކ. ވިލިގިލި
ވ. ތިނަދޫ
ލ.ގަން
އައްޑޫ ސިޓީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!