ދީން

ވަރަށް އަވަހަށް މަސްޖިދުލް ޙަރާމް އަދި މަސްޖިދުލް ނަބަވީ، މުސްލިމުންނަށްޓަަކައި އަލުން ހުޅުވާލަނީ!

ދެން އެމްވީ ، ދެން އޮންލައިން

މުސްލިމުންގެ އެންމެ މާތް ދެ ޙަރަމްފުޅު ކަމުގައިވާ މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަވީ، ފުރަބަންދަށްފަހު ވަރަށް އަވަހަށް އަލުން ހުޅުވާލާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

Ads by MWSC

މިކަން ހަރަމައިން ހަރަފައިން ވެސް ވަނީ އެމީހުންގެ ފޭސްބުކު އަދި ޓްވިޓާ ގައި ވެސް އަންގާ އިއުލާނު ކޮށްފައެވެ.

ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޙައްޖް އެންޑް އުމްރާ އިން އިއުލާން ކޮށްފައިވަނީ، ދެ ޙަރަމްފުޅުވެސް ސްޓެރިލައިޒް ކުރުމަށްފަހު އަޅުކަން ކުރުމަށް އާންމުންނަށް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ދެ ޙަރަމްފުޅު ތެރެއަށް ވަނުމުގެ ކުރިން ކޮންމެ މީހަކު ވެސް ޓެސްޓު ކުރާނެ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިއުފާވެރި ޚަބަރާއެކު މުސްލިމުންނަށް ވަނީ، މިބަލިން އަވަހަށް ސަލާމަތް ވެވޭނެކަމުގެ އައު އުންމީދުތަކެއް ލިބިފައެވެ. މަސްޖިދުލް ޙަރާމް އާއި މަސްޖިދުލް ނަބަވީ ބަންދު ކުރީ އެސަރަޙައްދުގައި ވެސް ކޮރޯނާ ވައިރަސް އުފެދުމުންނެވެ. އޭގެ ސަބަބުން އުމްރާގެ އަޅުކަމާއި ނަމާދުކުރުން، ރޯދަ ވީއްލުން، އިއުތިކާފް ކުރުން ފަދަ ހުރިހާ ކަމެއް ވެސް ދެ ޙަރަމްފުޅުގައި ކުރުން ވަނީ މަނާ ކޮށްފައެވެ.

މާތް ވެގެންވާ ދެ ޙަރަމްފުޅު އަލުން ހުޅުވުމަށް ތައްޔާރުވަމުން އައި ނަމަވެސް، އެ ދެ ތަނުގައި ތަރާވީސް ނަމާދު ކުރުމާއި ޢީދު ނަމާދު ނުކުރުނަށް ވިސްނާ ކަމަށް ސައުދީ ގެ ސިއްޙަތާއިބެހޭ އޮފިޝަލުން ބުނެފައިވެއެވެ. އެއީ އެ ދެ ނަމާދަކީ އާންމުކޮށް އެންމެ ގިނަ މީހުން އެމިސްކިތްތަކަށް ޒިޔާރަތްކުރާ ދެ ނަމާދު ކަމަށް ވުމުން ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!