ދުނިޔެ

އިންޑިޔާގެ އިރުއުތުރުގެ 5 ސްޓޭޓަކުން ކޮވިޑް-19 ނައްތާލައިފިކަން އިޢުލާންކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ އިރުއުތުރުގެ 8 ސްޓޭޓްގެ ތެރެއިން ފަސް ސްޓޭޓަކުން ކޮވިޑް-19 ނައްތާލާފައިވާކަމަށް އެގައުމުގެ މަރުކަޒީ ސަރުކާރުން އިޢުލާން ކޮށްފިއެވެ.

Ads by Sosun Fihaara

މި ސްޓޭޓް ތަކަކީ ސިއްކިމް، ނާގަލެންޑް، އަރުނާޗަލް ޕްރަދޭޝް، މަނިޕޫރު އަދި ތުރިޕޫރާއެވެ. ބަކީ އަނެއް ތިން ސްޓޭޓްކަމަށްވާ އާސާމް އަދި މޭގަލާޔާގެ އިތުރުން މިޒޯރަމް އިން ފެނިފައިވަނީ، 8، 11 އަދި 1 ކޮވިޑް-19 ގެ ކޭސްއެވެ. ނަމަވެސް މި ސްޓޭޓް ތަކުންވެސް މިދިޔަ އާދިއްތަ ދުވަހުގެ ފަހުން އާ ކޭސް އެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

މި ތިން ސްޓޭޓްގައި ތިބި މީހުން ފަރުވާ އަށް ފަހު ނެގަޓިވް ވުމުން މި ސްޓޭޓް ތައްވެސް ކޮވިޑް-19 ނެތް ސްޓޭޓް ތަކުގެ ލިސްޓަށް ވަރަށް އަވަހަށްލެވޭނެ ކަމުގެ އުއްމީދު ކުރާކަމަށް ޑިވެލޮޕްމެންޓް އޮފް ނޯތު އީސްޓަން ރީޖަންގެ ސްޓޭޓް މިނިސްޓަރ ޖިތެންދްރާ ސިންގ ހާމަ ކުރިއެވެ.

އިންޑިޔާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިޢްލާންކޮށްފައިވާ ފުރަބަންދަށް މަހަކަށްވުރެ ގިނަދުވަސްވީއިރު އަދި ވެސް މި މުއްދަތު އިތުރު ކުރުމަށް ސަރުކާރުގެ މިނިސްޓަރުން ވަނީ ލަފާދީފައެވެ. އިންޑިޔާގައި ފުރަބަންދުގެ ގަވާއިދާ ޚިލާފްވާ މީހުނާއި ކޮވިޑް-19 އާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކާ ފަތުރާ މީހުން 2 އަހަރުގެ މުއްދަތަށް ޖަލަށް ލެވޭނެކަން ވަނީ އާންމުކޮށް އަންގާފައެވެ.

ހަރުކަށި ވިޔަވަޅުތަކާއ އެކު ކާމިޔާބީ ހޯދަމުންދާ، ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާއިން މިހާތަނަށް 31,332 މީހަކަށް މިބަލި ޖެހި، 1،008 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް ހާލަތު ނާޒުކު ވެގެން އިތުރުފަރުވާ ދޭ މީހަކު މިވަގުތުނެތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!