ޚަބަރު

ނަރުދޫން ފައްސިވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ!

ދެން އެމްވީ ، ދެން އޮންލައިން

ށ. ނަރުދޫއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މާބަނޑު އަންހެން މީހާއަކީ ނަރޫދޫއިން ކޮވިޑް-19 އަށް ފުރަތަމަ ފައްސިވި "އަމާޒު" ބޯޓުގެ ކައްޕި ދިރިއުޅެމުންދާ ގެއަށް ނިސްބަތްވާ މީހެކެވެ.

މިހާތަނަށް ކައްޕިއާއެކު އެގެއިން ހަ މީހަކު ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ. އޭގެ ތެރޭގައި ކައްޕިގެ އަންހެނުންނާއި ތިން ދަރިން އަދި އޭނާގެ ފިރިހެން ދަރިއެއްގެ އަންހެނުން ހިމެނެއެވެ.

އެރަށުގެ އިތުރުން ދެމީހުން ވެސް ވަނީ އެބައްޔަށް ފައްސި ވެފައެވެ. އެއީ އަމާޒު ބޯޓުގެ ދެ ކުރޫ އިންނެވެ.

އަމާޒު ބޯޓުން ދަތުރުކުރި މިލަންދޫ މީހެއް ވެސް ވަނީ އެބައްޔަށް ފައްސި ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!